Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ޚަބަރު
މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމުން ދަރަނި މާފުކޮށްދޭން ރައީސް ހުށަހަޅުއްވައިފި
މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމުން ދަރަނި މާފުކޮށްދޭން ރައީސް ހުށަހަޅުއްވައިފި

މޫސުމީ ގެއްލުންތަކުން އަރައިގަންނަން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރިމަތިވާ މާލީ ހުރަސްތައް ގިރާކުރަން، އާ ވިސްނުންތަކެއް ބޭނުންވާ ކަމަށް ވިދާޅުވެ، މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމާއި ދަރަނި މާފުކޮށްދިނުމާ ގުޅުވައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.

އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށް ގެންދާ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް29) ސަމިޓުގައި، ކްލައިމެޓް ފައިނޭންސާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖޭން ވެސް ހިފާފައިވާ އަމާޒުގެ މަތީގައި ހަރުދަނާ ފިޔަވަޅުތަކެއްގައި އަމަލީ ސިފަ ޖައްސަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ ހާއްސަ މޫސުމީ ފަންޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑުމެން މި ދަނީ އިގުތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަމުން. އެކަމަކު ގިނަ ފަހަރު އަޅުގަނޑުމެން މި ދާން ޖެހެނީ އަޅުގަނޑުމެންގެ ގާބިލުކަމުގެ އިމުގެ ބޭރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ފެންވަރުގައި ހާއްސަ އޮނިގަނޑެއް އެކުލަވާލައިގެން، މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ލިބެން ހުރި ބޭރުގެ މާލީ އެހީ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ވިލުންވެރި، ތިމާވެއްޓާ ރަށްޓެހި ތަރައްގީ ގެނައުމަށް އެތައް ބިލިއަން ޑޮލަރެއް ބޭނުންވާ ކަން ހާމަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި