ވިޔަފާރި ކާމިޔާބު ކަމާއެކު ވިޔަފާރިއެއް ހިންގުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް
ވިޔަފާރި

ކާމިޔާބު ކަމާއެކު ވިޔަފާރިއެއް ހިންގުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް

1733244952.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ވިޔަފާރިއެއް ހިންގުމަކީ ފައިދާ ލިބޭ ކަމަކަށް ވުމާއެކު އެއީ ގޮންޖެހުންތަކެއްވެސް ހުރި ކަމެކެވެ. ކާމިޔާބު ހޯދުމަށްޓަކައި، ވިޔަފާރިވެރިންނަށް ބޭނުންވަނީ ރޭވުންތެރި ޕްލޭން ކުރުމާއި، ހަރުދަނާ ހިންގުމާއި އަދި ވަރުގަދަ ލީޑަރޝިޕެކެވެ. ތިރީގައި މިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ހަރުދަނާ ވިޔަފާރިއެއް ހިންގުމަށާއި ކުރިއެރުވުމަށް އެހީތެރިވެދޭނެ މުހިންމު ބައެއް ޓިޕްސްތަކެވެ.

 

1-     ސާފު މުހިންމަތަކާއި މަޤުޞަދެއް އެކުލަވައިލުން:

ކޮންމެ ވިޔަފާރިއެއްވެސް ފަށަންވާނީ ރަނގަޅަށް މާނަކުރެވިފައިވާ މުހިންމަތަކާއި މަޤުޞަދަކާ އެކުގައެވެ. އެއީ މަގުދައްކައިދޭ ޗާޓެއްގެ ގޮތުގައި މަސައްކަތްކޮށް، ނިންމުންތައް ނިންމުމުގައި އިރުޝާދު ދީ، އަދި ހުރިހާ ހަރަކާތްތަކެއްވެސް ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާކަން ކަށަވަރުކޮށްދޭ އެއްޗެކެވެ. ސާފު މުހިންމަތަކުން މުވައްޒަފުންނަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް މަޤްޞަދެއް އޮތްކަމުގެ އިހުސާސް ލިބިދޭއިރު، ވަރުގަދަ އަމާޒަކުން ވިޔަފާރިން އޭގެ ކަމޭދުންނަށާއި، މުޖުތަމަޢުއަށް ފޯރުކޮށްދޭ އަގު ބަޔާންކޮށްދެއެވެ.

 

2-     ވަރުގަދަ އިސްވަރަކަށް އަހަންމިއްޔަތުކަން ދިނުން

ހަރުދަނާ އިސްވަރަކީ ކޮންމެ މުއައްސަސާއެއްގެ ކާމިޔާބަށްވެސް ނުހަނު މުހިންމު ކަމެކެވެ. އިސްވާރުން ކުންފުނީގެ ސަގާފަތަށް މަގުދައްކައި، މުހިންމު ނިންމުންތައް ނިންމައި، އަދި މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތުގައި މަސައްކަތްކުރުމަށް އިރުޝާދު ދެއެވެ. ރަނގަޅު އިސްވާރުންނަކީ ހަމައެކަނި ޢިލްމުވެރި ބަޔަކަށް ވުމުގެ އިތުރުން، ގުޅުން ރަނގަޅު، އަޅާލާ އަދި ބަދަލުތަކަށް ހޭނޭ ބައެކެވެ. ހުޅުވާލެވިފައިވާ މުވާސަލާތު ކުރިއެރުވުމާއި އަދި ނަމޫނާ ދެއްކުމުގެ ގޮތުން ލީޑުކުރުމުގެ ސަބަބުން އިސްވާރުންނަށް އެމީހުންގެ ޓީމުތަކުގެ ތެރޭގައި އިތުބާރާއި ވަފާތެރިކަން ބިނާކުރެވިދާނެއެވެ.

 

3-     ބާޒާރާއި ކަމޭދުން ދެނެގަތުން

ހަރުދަނާ ވިޔަފާރިއަކުން އަބަދުވެސް އިސްކަންދެނީ އަމާޒުކުރެވޭ ފަރާތްތަށް ދެނެގަތުމަށެވެ. ކަސްޓަމަރުންގެ ބޭނުންތަކާއި، އިސްކަންދޭ ކަންތައްތަކާއި އަދި ޓްރެންޑްތައް ދެނެގަތުމަށް ފުރިހަމަ މާކެޓް ރިސާރޗް ހެދުމަކީ މުހިންމު ކަމެކެވެ. ކަސްޓަމަރުންގެ ފީޑްބެކްއަށް އަޑުއަހައި އަދި އެއާ އެއްގޮތަށް އުފެއްދުންތަކާއި ޚިދުމަތްތަކަށް ބަދަލުގެނައުމުން ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި އަދި ވާދަވެރި ގޮތެއްގައި ދެމިއޮތްކަން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، ވާދަވެރިން ދެނެގަތުމުން ހެޔޮ ބަދަލުތަކަށް އޮތް ފުރުޞަތުތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.

 

4-     ވަރުގަދަ ޓީމެއް އުފެއްދުން

ވިޔަފާރިއެއްގެ ބާރުގަދަކަން ބިނާވެފައިވަނީ އެ ވިޔަފާރިއެއް ހިންގުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ މައްޗަށެވެ. ކުންފުނީގެ އަގުތަކާ އެއްގޮތްވާ، ހުނަރުވެރި އަދި ކަމަށް ކަމޭ ހިތައިގެން އުޅޭ ޤާބިލު މީހުން ވަޒީފާއަށް ނެގުމަކީ މުހިންމު ކަމެކެވެ. ދެމެހެއްޓެނިވި ތަމްރީނާއި، ކެރިއަރ ތަރައްޤީކުރުމުގެ ފުރުޞަތުތައް އަދި އެހީތެރިވެދޭ މަސައްކަތުގެ މާޙައުލެއް ފޯރުކޮށްދިނުމުން އެންމެ ރަނގަޅު ހުނަރުވެރިން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އެއްބާރުލުން ކުރިއެރުވުމާއި އަދި އިޙްތިރާމާއި، ޝާމިލު ސަގާފަތެއް އާލާކުރުމުން އުފެއްދުންތެރިކަމާއި އައު ގޮތްތައް ހޯދުން އިތުރުވެގެންދާނެއެވެ.

 

5-     މާލީ ކަންކަން ޙިކުމަތްތެރިކަމާއެކު ބެލެހެއްޓުން

މާލީ މެނޭޖްމަންޓަކީ ވިޔަފާރީގެ ހަރުދަނާކަމުގެ މައިގަނޑު ބިންގަލެވެ. ޙަޤީޤަތާ އެއްގޮތް ބަޖެޓެއް އެކުލަވާލައި، އެއަށް ތަބާވެ، ގަވާއިދުން ފައިސާގެ ދައުރު ބަލަހައްޓައި، އަދި ކުއްލި ޙާލަތްތަކަށް ފައިސާ ރައްކާކުރަންވާނެއެވެ. އިތުބާރުހުރި އެކައުންޓިންގ ސޮފްޓްވެއަރއެއްގައި ވުނަކުރުން ނުވަތަ މާލީ ލަފާދޭ ފަރާތެއް ވަޒީފާއަށް ނެގުމުން ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބެހިގެންދާކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، މާލީ ހިންގުންތެރިކަމުގައި ހާމަކަން ބެހެއްޓުމުން ވުނޭރުންނާއި ކަމާބެހޭ ފަރާތްތަކުގެ މެދުގައި އިތުބާރު އުފެދެއެވެ.

 

6-     ޓެކްނޮލޮޖީއާއި އައު ގޮތްތައް ބަލައިގަތުން

މިއަދުގެ ހަލުވި ދުވެލީގެ ވިޔަފާރި މާޙައުލުގައި، ކުރިއަށް ދިއުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ވަރަށްގިނައިން ކުރަން ޖެހެއެވެ. ހަރުދަނާކަން އިތުރުކޮށް، ހިންގުންތެރިކަން އަވަސްކޮށް، އަދި ކަމޭދުންގެ ތަޖުރިބާ ފުރިހަމަކުރާ ވަސީލަތްތަކާއި މަންސަތަކުގައި ވުނަކުރަން ވާނެއެވެ. މިސާލަކަށް، އޮޓަމެޓިކް ގޮތްތައް ބޭނުންކުރުމުން ކުރަންޖެހޭ މަސައްކަތްތަކަށް ވަގުތު ސަލާމަތްކޮށްދޭއިރު، ޑޭޓާ އެނަލިޓިކްސްއިން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި ނިންމުންތައް ނިންމުމަށް އަގުހުރި މަޢުލޫމާތު ފޯރުކޮށްދެއެވެ. އައު ގޮތްތަކަށް ހުޅުވާލެވިފައި ހުރުމުން ވިޔަފާރިއަށް ބަދަލުވަމުންދާ މާކެޓުގެ ޑައިނަމިކްސްތަކަށް ހޭނެވޭނެކަން ކަށަވަރުކޮށްދެއެވެ.

 

7-     ކަސްޓަމަރ ސަރވިސްއަށް އިސްކަން ދިނުން

ފާހަގަކޮށްލެވޭފަދަ ކަސްޓަމަރ ސަރވިސްއަކީ ވާދަވެރި ބާޒާރެއްގައި މުހިންމު ކަމެކެވެ. ކަމޭދުންގެ ކަންބޮޑުވުންތަކަށް އަވަހަށް އަޅާލައި އަދި އެމީހުންގެ އުންމީދުތައް ފަހަނައަޅައި ދިއުމަށް މަސައްކަތްކޮށްގެން ކަސްޓަމަރުންނަށް އަގުދެވޭކަން އިޙްސާސްކުރެވޭކަން ކަށަވަރުކުރަންވާނެއެވެ. ޚިދުމަތް ހޯދާ މީހުންނާއެކު، ވަރުގަދަ ގުޅުމެއް ބިނާކުރުމުން ތަކުރާރުކޮށް ވިޔަފާރިކުރުމަށާއި، ތުންތުންމަތިން ވިޔަފާރީގެ ރަނގަޅު ވާހަކަ ފެތުރުމަށާއި، އަދި ބްރޭންޑަށް ވަފާތެރިވުމަށް މަގުފަހިވެގެންދެއެވެ. ފީޑްބެކް ދިނުމުގެ ނިޒާމުތައް ތަޢާރަފުކުރުމުންވެސް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުވަމުން ދިއުމަށް ކުރެވޭ މަސައްކަތް ދައްކުވައިދެއެވެ.

 

8-     މަސައްކަތުގެ ފެންވަރު ބެލުމާއި ބަދަލުވުން

ވިޔަފާރީގެ ޕަރފޯމަންސް ގަވާއިދުން މުރާޖަޢާކުރުމަކީ ވަރުގަދަ ދާއިރާތަކާއި ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް މުހިންމު ކަމެކެވެ. ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ކުރެވޭ މަސައްކަތުގެ ކުރިއެރުން ބެލުމަށް މުހިންމު ޕަރފޯމަންސް އިންޑިކޭޓަރތައް ބޭނުންކުރަންވާނެއެވެ. ބޭނުންވެއްޖެ ހިނދެއްގައި އިސްތިރާޖީތަކަށް ބަދަލުގެނައުމަށް ތައްޔާރަށް ތިބެންވާނެއެވެ. އެއީ އައު މާކެޓްތަކަށް ވަނުމަށް ކަމުގައިވިޔަސް، އަގު ކަނޑައެޅުމުގެ މޮޑެލްތަކަށް ބަދަލުގެނައުމަށް ކަމުގައިވިޔަސް، ނުވަތަ ހިންގުމުގެ ޕްރޮސެސްތައް މުރާޖަޢާކުރުމަށް ކަމުގައިވިޔަސް މެއެވެ. ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި ފުރުޞަތުތައް ހޯދުމަށް ބަދަލުތަކަށް ހޭނުމާއި ސާބިތުކަމަކީ ނުހަނު މުހިންމު ސިފަތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.