Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ވިޔަފާރި
ދަ ބޭކަރސްގެ ފަސްވަނަ ފިހާރަ މާލޭގައި ހުޅުވައިފި
ދަ ބޭކަރސްގެ ފަސްވަނަ ފިހާރަ މާލޭގައި ހުޅުވައިފި

ދިވެހިރާއްޖޭގެ މަޝްހޫރު ބޭކަރީ ބްރޭންޑެއް ކަމުގައިވާ ދަ ބޭކަރސް އިން، މާލޭ ސިޓީގެ ސޯސަން މަގުގައި ހުޅުވި ފަސްވަނަ އައުޓްލެޓް، "ދަ ބޭކަރސް ސެލެކްޓް" ގެ ނަމުގައި ހުޅުވައިފިއެވެ. ފިހެފައި ހުންނަ ފެންވަރު ރަނގަޅު ކާތަކެއްޗާއި، ތަފާތު ސޭންޑްވިޗްތަކާއި، ޕޭސްޓްރީތަކަށް މަޝްހޫރު ދަ ބޭކަރސް އިން މިހާރު ވަނީ އެކްސްކްލޫސިވް ޓީބީބީ ސިގްނޭޗަރ ބަރގަރ ކޮމްބޯ މީލްސްއާއި ދަ ބޭކަރސް ސޭންޑްވިޗް ކޮމްބޯ މީލްސް ހިމެނޭ ގޮތަށް ޕްރޮޑަކްޓް ލިސްޓު ފުޅާކޮށްފައެވެ. އަދި އަވަސް ކާނާއެއް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށް ކެއުމަށް އިށީނދެ ތިބެވޭ ޖާގައެއްވެސް އެތަނުގެ ތެރޭގައި ވަނީ ހަދާފައެވެ.

"ދަ ބޭކަރސް ސެލެކްޓް" އިން އެ ބްރޭންޑުގެ އުފެއްދުންތަކަށް މުޅިން ތަފާތު އައު ބަދަލަކާއެކު ހުށަހަޅަނީ ސިގްނޭޗަރ ބަރގަރ އަދި ސޭންޑްވިޗް ކޮމްބޯތަކެވެ. މިއީ އަވަދިނެތި އުޅުއްވާ ކަމޭދުންނަށް ހިތްހަމަޖެހޭ އަދި އަވަސް އޮޕްޝަނެއް ފޯރުކޮށް ދިނުމަށް ލިބިދެވޭ ޚާއްޞަ ފުރުޞަޠެކެވެ.

2019 ވަނަ އަހަރު އުފެދުނު ދަ ބޭކަރސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ގިނަ ބަޔަކު ދަންނަ ނަމަކަށް ވެފައެވެ. މިއީ ސޭންޑްވިޗް، ބްރެޑް، ޕޭސްޓްރީ، ކޭކު އަދި ޑެޒަޓްގެ ފުޅާ އިޚްތިޔާރުތަކާއެކު، ފެންވަރު ރަނގަޅުކަމަށް މަޝްހޫރުވެފައިވާ ބްރޭންޑެކެވެ. ސޯސަން މަގުގައި ހުޅުވުނު މި އައު އައުޓްލެޓް، މައްޗަންގޮޅި، ގަލޮޅު، ހެންވޭރު އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ އައުޓްލެޓްތަކުގެ ވިއުގައާ ގުޅި، މާލޭ ސިޓީގައި އެ ބްރޭންޑް ވަނީ އިތުރަށް ފުޅާވެފައެވެ.

ދަ ބޭކަރސްގެ ފެންވަރަށް ކުރާ އިލްތިޒާމާ އެއްގޮތަށް، "ދަ ބޭކަރސް ސެލެކްޓް" ގައި ވިއްކާ ހުރިހާ އެއްޗެއް ތައްޔާރުކުރެވެނީ ކުންފުނީގެ ޒަމާނީ އުފެއްދުންތެރި ވަޞީލަތްތަކާއި، ދުޅަހެޔޮކަމާއި ފެންވަރުގެ ގޮތުން މަތީ މިންގަނޑުތަކެއް ހިފަހައްޓައިގެންނެވެ. މި ފެސިލިޓީގައި ޒަމާނީ ބޭކިންގ ޓެކްނޮލޮޖީގެ މެޝީނަރީތައް ބޭނުންކުރުމުގެ އިތުރުން އަތުން ތައްޔާރުކުރާ ބާވަތްތައްވެސް ހުރެއެވެ. މިކަމުގެ ސަބަބުން ދަ ބޭކަރސް އަށް ވަނީ ހަލުވިކަމާއެކު ފެންވަރު ރަނގަޅު އުފެއްދުންތަކެއް އަބަދުވެސް ފޯރުކޮށްދެވިފައެވެ.

ކަމޭދުންގެ ތަޖުރިބާ ރަނގަޅުކުރުމަށްވެސް ކުރާ މަސައްކަތް، "ދަ ބޭކަރސް ސެލެކްޓް" ހުޅުވުމުން ދައްކުވައިދެއެވެ. ކަމޭދުންނަށް ސީދާ ވިއްކުމުގެ އިތުރުން، ދަ ބޭކަރސް އިން ކެފޭ ރެސްޓޯރަންޓްތަކަށާއި، ކުންފުނިތަކަށާއި، ރިސޯޓު ހޮޓާތަކާއި ލައުންޖްތަކަށްވެސް ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދެއެވެ. ކޯޕަރޭޓް އަދި ހޯލްސޭލް ވިޔަފާރިތަކަށް، ޑެލިވަރީ އޮޕްޝަންތަކާއެކު، ދަ ބޭކަރސްގެ ފުޅާ ރޭންޖްގެ އުފެއްދުންތައް ސީދާ ކަސްޓަމަރުންގެ ދޮރާ ހަމައަށް ގެނެސްދޭ، އޯޑަރަށް ޚާއްޞަކޮށް ތައްޔާރުކުރާ އައިޓަމްތަކާއި އިވެންޓްތަކަށް ތައްޔާރުކުރާ ބޮޑެތި އޯޑަރުތައްވެސް މީގެތެރޭގައި ހިމެނެއެވެ.

"ދަ ބޭކަރސް ސެލެކްޓް" އާއެކު، ދަ ބޭކަރސް އިން ދިވެހިރާއްޖޭގެ ބޭކަރީ ސިނާޢަތުގެ އިސްވާރެއްގެ ގޮތުގައި އޮތް މަޤާމު ވަނީ ވަރުގަދަ ކޮށްފައެވެ. މިގޮތުން ފެންވަރު، ފަސޭހަކަން އަދި އެތަށް އިޚްތިޔާރީތަކަކާއެކު ތަފާތު ގިންތިތަކުގެ ކަމޭދުންނަސް އަމާޒުކޮށްފައިވެއެވެ. ސޯސަން މަގުގައި ހުޅުވުނު މި އައު އައުޓްލެޓުން ކަސްޓަމަރުންނަށް ދަޢުވަތު އަރުވަނީ ދަ ބޭކަރސްގެ މަޝްހޫރު ކްލާސިކްތަކާއެކު އައު ބަރގަރ އަދި ސޭންޑްވިޗް ކޮމްބޯތައް، ހިތްގައިމު މާޙައުލެއްގައި ތަޖުރިބާކޮށްލުމަށެވެ. ދަ ބޭކަރސްގެ އަބަދުގެވެސް މުހިންމަތަކީ ދިވެހި ބާޒާރުތަކުގައި ދިވެހީންގެ ދިވެހި އުފެއްދުންތައް ދައުރުކޮށް ދިވެހީންނަސް އިސްކަން ލިބޭފަދަ މާހައުލެއް ޤާއިމް ކުރުމެވެ.  

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި