Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
އާދަޔާޚިލާފު
ލީބިޔާގައި އޮންނަ އަޖައިބެއްފަދަ ހަނދުތަކުގެ ވާދީ
ލީބިޔާގައި އޮންނަ އަޖައިބެއްފަދަ ހަނދުތަކުގެ ވާދީ

ހޫނުގަދަ ހަނަފަސް ހިކި ސަހަރާއަކުން، ހަނދުތަކާއި އުޑުގެ ވަށައިގެންވާ ތަކެއްޗާ އެއްގޮތް އެއްޗެހި ފެނުމަކީ އަޖައިބެކެވެ. މިހުރިހާ އެއްޗެއް ވެސް އުފެދިފައި ހުރީ ވެއްޔާއި ގަލާއި ހިލައިންނެވެ. އެއެއްޗެހި އުފެދިފައި ހުރި ގޮތުން، ފެންނަނީ މަޑިކިލަނބުން ފެންނަ މަންޒަރުތަކެއް ފަދައިންނެވެ. ތަރިތަކުގެ ޢިލްމުވެރިން ބުނާ ގޮތުގައި މިއީ އަހަރެމެންނަށް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ފަދަ މަންޒަރެކެވެ.

މި ތަން ގިނަމީހުންގެ މެދުގައި މަޝްހޫރުވެފައި އޮންނަނީ ލިބިޔާގެ ކުފްރާ ސަރަޙައްދުގައި އޮތް ހަނދުތަކުގެ ވާދީގެ ގޮތުގައެވެ. މި ސަރަޙައްދަކީ ލިބިޔާ ދައުލަތުގެ ޚަޒާނާތަކުގެ ތެރެއިން އެއް ޚަޒާނާއެވެ. އެހެނަސް ގިނަ މީހުންނަކަށް މި ތަނެއް ނޭނގެއެވެ.

މިތަން އޮތީ ލިބިޔާގެ ދެކުނު ހުޅަނގު ފަރާތުގައިވާ ޤާތު ސިޓީ ކައިރީގައިވާ އަލް-އުވައިނާތު އަލް-ޣަރުބިއްޔާ ކައިރީގައެވެ. މިއީ ސަހަރާގެ އެންމެ ދުރު ހިސާބުގައި އޮންނަ، "ވާން ތަކުފީ" ކިޔާ ވާދީއެކެވެ. މި ތަނަށް ޓުއާރެގު ބަހުން ކިޔަނީ "ވާން ތަކުފީ" އެވެ. މި ސަރަޙައްދު އޮތީ ހަމާދާއިން ފެށިގެން ގާތު ޝަހަރުގެ އުސްބިންތަކާ ހަމައަށެވެ.

މިއީ ފަހަރެއްގައި ލިބިޔާގެ އެންމެ އަޖައިބު ތަން ކަމުގައި ވެދާނެއެވެ. އަދި ދުނިޔޭގެ އެންމެ އަޖައިބު ތަން ކަމުގައި ވެސް ވެދާނެއެވެ. މި ވާދީއަކީ އަލް-އުވައިނާތު ސަރަޙައްދުން ވަރަށް ދުރުގައި (ޓްރިޕޮލީގެ ދެކުނުން ގާތްގަނޑަކަށް 1130 ކިލޯމީޓަރު ދުރުގައި) އޮތް ތަނެކެވެ. މި ތަނުގައި ހުރި ބޮޑެތި ގާތައް ހުރީ ހަނދުތަކުގެ ސިފައިގައެވެ. އެހެންކަމުން މި ވާދީއަށް ޒިޔާރަތްކުރާ މީހުންނަށް އިޙްސާސް ކުރެވެނީ އެމީހުންނަށް އުޑުގައި ނުވަތަ އެހެން ޕްލެނެޓެއްގައި ތިބެވޭފަދަ އިޙްސާސެކެވެ. ނާސާއިން ވަނީ މި ވާދީއަށް 'ވެލީ އޮފް ދަ ޕްލެނެޓްސް' ގެ ނަމުން ނަންދީފައެވެ.

ކޮންމެ ގަލެއްގެ ވެސް އެވްރެޖު ޑައިމީޓަރަކީ ގާތްގަނޑަކަށް 10 މީޓަރެވެ. ވަށްކޮށް ބޯޅައެއްގެ ސިފައިގައި ހުރި ގާތައް ހުރީ އެއްގާ އަނެއް ގަލާ ދެމެދުގައި ގާތްގަނޑަކަށް 30 ކިލޯމީޓަރުގެ ދުރުމިނެެއްގައެވެ. މިބާވަތުގެ ގަލަކީ ސައިންސްވެރިންގެ އާޝޯޚްވާފަދަ ސިފަތަކެއް ލިބިފައިވާ ގާތަކެކެވެ. އެގޮތުން ފަހުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި ގާތަކަކީ ދިރޭ ތަކެއްޗަށް ލިބިފައިވާފަދަ ބައެއް ސިފަތައް ލިބިފައިވާ ގާތަކެކެވެ. އެގޮތުން މި ގާތަކަކީ ދުވަސް ވާވަރަކަށް ސައިޒުން ބޮޑުވާ ގާތަކެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އޮތްތަންނޫން އެހެން ތަންތަނަށް ބަދަލުވުމަކީވެސް މިސަރަޙައްދުގައި ހުރި ގާތަކުން ފާހަގަކުރެވިފައިވާ ކަމެކެވެ. މިއީ ދުނިޔޭގެ ބޮޑެތި ސައިންސްވެރިންވެސް ހައިރާން ކޮށްލުވާފައިވާ ކަމެކެވެ.

މި ވާދީގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ތަނުގެ ބިމަކީ ހަރު ގަލުން އުފެދިފައިވާ ބިމެއް ކަމާއި މި ތަނުގައި ފެނެއްވެސް އަދި އެއްވެސް ބާވަތެއްގެ ދަނޑުވެރިކަމެއް އަދި ފެހިކަމެއްވެސް ނެތްކަމެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި