އާޖެންޓީނާއާއި، ޗިލީ އަދި ބޮލީވިޔާއާއި ޕެރޫގެ އިތުރުން ކޮލަމްބިޔާއާއި ވެނެޒުއޭލާ ޙިއްސާކުރާ އެންޑީސް ފަރުބަދަތަކުގެ މަތީގައި އަދި ޕެރޫ އާއި ބޮލީވިއާގެ ސަރަޙައްދީ ބޯޑަރުގައި އޮންނަ ޓިޓިކާކާގެ ނަމުން ނަންދެވިފައިވާ ފެންގަނޑަކީ ޤުދުރަތުގެ ތެރެއިން ފެންނަ ޙަޤީޤީ އަޖައިބެކެވެ. ކަނޑުގެ ސަތަޙައިން ފެށިގެން ގާތްގަނޑަކަށް 12،507 ފޫޓު (3،812 މީޓަރު) އުހުގައި އޮންނަ މި ފެންގަނޑަކީ ދުނިޔޭގެ އެންމެ އުހުގައި އޮންނަ ބޮޑެތި ފެންގަނޑުގެ ތަކުގެ ތެރެއިން އެއް ފެންގަނޑެވެ. ގާތްގަނޑަކަށް 3،232 އަކަމޭލު (8،372 އަކަ ކިލޯމީޓަރު) ސަރަޙައްދަކަށް ފެތުރިފައިވާ މި ފެންގަނޑު ފާހަގަކޮށްލެވެނީ އެ ފެންގަނޑު އެހާ މަތީގައި އޮންނާތީ އެކަންޏެއް ނޫނެވެ. މި ފެންގަނޑުގެ ފުންމިން 922 ފޫޓު (281 މީޓަރު) އަށް ވުރެ ބޮޑެވެ. މިފެންގަނޑުގެ ރީތިކަމާއި ބޮޑުކަމުގެ ސަބަބުން، ޓިޓިކާކާ ފެންގަނޑަކީ ފަތުރުވެރިން ޒިޔާރަތްކޮށް ބަލައި ހަދަން ބޭނުންވާނެ ޤުދުރަތީ މުއްސަނދިކަމެކެވެ.