Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
އާދަޔާޚިލާފު ޚަބަރު
ކަށްވަޅު ކޮނުމުގެ 8 ވަނަ ބައިނަލްއަޤުވާމީ މުބާރާތުން އެއްވަނަ ހަންގޭރީގެ ޓީމަކަށް
ކަށްވަޅު ކޮނުމުގެ 8 ވަނަ ބައިނަލްއަޤުވާމީ މުބާރާތުން އެއްވަނަ ހަންގޭރީގެ ޓީމަކަށް

ކޮންމެ އަހަރަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަށްވަޅު ކޮނުންތެރިން ހަންގޭރީގައި ބޭއްވޭ ބައިނަލްއަޤްވާމީ ކަށްވަޅު ކޮނުމުގެ މުބާރާތުގައި ބައިވެރިވުމަށް އެއްވެއެވެ.

2016 އިން ފެށިގެން 2020 އާއި 2021 އަހަރު ފިޔަވައި ކޮންމެ އަހަރަކު، ހަންގޭރީގެ ޤަބުރުސްތާނުތައް ހިންގާ އަދި ބަލަހައްޓާ ޖަމްޢިއްޔާ (އެމްޓީއެފްއީ) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަށްވަޅު ކޮންނަ މީހުންނަށް ދަޢުވަތު ދެއެވެ. އެއީ ކަށްވަޅު ކޮނުމުގެ ދުނިޔޭގެ ޗެމްޕިއަންކަމަށް ވާދަކުރުމަށެވެ. ދެ މީހުންގެ ޓީމުތަކުގައި މަސައްކަތްކުރާ ކޮނުންތެރިން، ދެ ގަޑިއިރުގެ ތެރޭގައި 2 މީޓަރު ދިގު، 80 ސެންޓިމީޓަރު ފުޅާ، އަދި 1.6 މީޓަރު ފުން ކަށްވަޅުތައް ކޮނެ، އަދި ދެން ގާތްގަނޑަކަށް 2.5 ޓަނުގެ ވެލި އަނބުރައި އެ ވަޅަށް އަޅައި، ރީތި މަހާނައެއް އުފެއްދުމުން އެމީހުންގެ ހުނަރު ދައްކަންޖެހެއެވެ. މިއީ ފަސޭހަ ކަމެއް ކަމަށް ހީވި ނަމަވެސް ބައިވެރިން މިންކުރެވެނީ މައިގަނޑު ގޮތެއްގައި އަވަސްކަމާއި، ސައްޙަކަމާއި، އަދި ތަފްސީލުތަކަށް ސަމާލުކަން ދިނުމުގެ މައްޗަށެވެ.

ބައިނަލްއަޤްވާމީ ކަށްވަޅު ކޮނުމުގެ 8 ވަނަ މުބާރާތް ބޭއްވުނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުއެވެ. ބައިވެރިންގެ ފެންވަރު ވަޒަންކުރެވުނީ 10 ޕޮއިންޓުގެ މިންގަނޑަކުން، އަވަސްކަމާއި، މަސައްކަތުގެ ރިވެތި ކަމާއި އަދި މިންތަކުގެ މައްޗަށް ބިނާކޮށެވެ. ހަންގޭރީގެ ޕަރަކްލެޓޯޒް ނޮންޕްރޮފިޓް ކޭއެފްޓީ ޓީމުން ވިދިވިދިގެން ދެވަނަ އަހަރު މުބާރާތުން އެއްވަނަ ހޯދިއެވެ. އެމީހުން މި މަސައްކަތް ނިންމީ ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ތެރޭގައެވެ.

ލާޒްލޯ ކިސް އަދި ރޮބަރޓް ނާގީ 1 ގަޑިއިރާއި 33 މިނެޓާއި 20 ސިކުންތުގެ ވަގުތަކުން ކާމިޔާބު ހޯދައި، މިދިޔަ އަހަރުގެ އެމީހުންނަށް ލިބުނު އެއްވަނަ މަޤާމު ދިފާޢުކުރިއެވެ. މި ކާމިޔާބީގެ ސިއްރަކީ، އެއްވެސް ޚާއްޞަ ތަމްރީނެއް ނެތި، އެމީހުންގެ ދުވަހުގެ މަސައްކަތުގައި އާދަވެފައިވާ ކަމެއް، ފުރިހަމަ ކަމާއެކު ކުރުން ކަމަށް، ކާމިޔާބު ހޯދި ފަރާތްތަކުން ބުނެފައިވެއެވެ.

މި އަހަރުގެ މުބާރާތުގައި ރަޝިޔާ ތަމްސީލުކުރީ ނޮވޯސިބިރްސްކް ކްރެމޭޓޯރިއަމްގެ މުވައްޒަފުންނެވެ. ނަމަވެސް ހިތާމަޔާއެކު އެމީހުން ދިޔައީ މުބާރާތުގެ އެންމެ ފުލަށެވެ. އެމީހުންގެ ނާކާމިޔާބީގެ ސަބަބެއް ކަމަށް އެމީހުން ބުނީ މޫސުމުގެ ހޫނު ކަމެވެ.

ކަށްވަޅު ކޮނުމުގެ ބައިނަލްއަޤުވާމީ މުބާރާތުގެ މަޤްޞަދަކީ ކަށްވަޅު ކޮނެދޭ މީހުންގެ ވަޒީފާގެ ޤަދަރު އުފުލުމާއި، ޒުވާނުން މި މަސައްކަތަށް ޝައުޤުވެރިކުރުވުމާއި، އަދި އެމީހުންގެ ހުނަރު ދެއްކުމެވެ. މީގެ އިތުރުން، މި މުބާރާތް ބޭނުންކޮށްގެން އިންތިޒާމުކުރާ ފަރާތްތަކުން ބޭނުންވަނީ ޤަބުރުސްތާނުތަކުގައި ކަށްވަޅު ކޮނެދޭ މީހުންގެ ބުރަ މަސައްކަތް ފާހަގަކުރުމެވެ. މި މަސައްކަތަށް ހަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ބާރުވެސް ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި