ސެޓަރން ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމު 'ކޮސްގިނަ މިސްޓޭކް' ގެ ޕޯސްޓަރ އިފްތިތާޙު ކުރުމަށް ޚާއްސަ ރަސްމިއްތެއް ބާއްވަފިއެވެ. 30 ސެޕްޓެމްބަރ 2025 ވީ އަންގާރަ ދުވަހުގެރޭ މި ޚާއްޝަ ރަސްމިއްތާތު އޮތީ ސިޓްރޮން ބައި ލެމަން ގްރާސްގައެވެ. ފަހަކަށް އައިސް ދިވެހި ސިނަމާތަކުގައި އަޑު ގަދަވެފައިވާ ސެޓަރން ސްޓޫޑިއޯއިން މިފަހަރު އުފައްދާ ފިލްމަކީ މިހާތަނަށް ދިވެހި ސިނާމާތަކަށް އައިސްފައިވާ ކޮމެޑީ ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ ފޯރިގަދަ ކޮމެޑީ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޕޯސްޓަރ ޢާންމު ކުރުމަށްޓަކައި ބޭއްވި މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ އެސް.އެސް މީޑިޔާގެ ސީއީއޯ މުޙައްމަދު އާޞިފްއެވެ. ސެޓަރން ސްޓޫޑިއޯއިން ބުނެފައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި ޢާންމު ކުރެވުނު އެ ފިލްމުގެ ޓްރެއިލަރއަށް އިންސްޓަގްރާމްގައި ގަޑިއެއްގެ އިރުތެރޭގައި އެއްލައްކަ ތިރީސްހާސް ވިޔު ލިބިފައިވެއެވެ. މިއީ ޔަޤީނުންވެސް މި ފިލްމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް ލިބޭ ތަރުޙީބު ދައްކުވައިދޭ ކަމެކެވެ.
"ކޮސް ގިނަ މިސްޓޭކް" އަކީ ސެޓަރން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމެކެވެ. އެއީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ނޯޓީ40" އަދި "40ޕްލަސް" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފަރާތްތަކެކެވެ. ދިވެހި ފިލްމަކުން މިހާތަނަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ހުނަރުވެރި ތަރިން މި ފިލްމުގައި އުޅެއެވެ. ތަޖުރިބާކާރު ތަރިންނާއި އައު މޫނުތައްވެސް ހިމަނައިގެން މި ފިލްމު ވެގެންދާނީ ހެއްވާ މަޖާ ހާދިސާތަކުން ފުރިފައިވާ ފިލްމަކަށެވެ.
މިހާރުވެސް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު 'ކޮސްގިނަ މިސްޓޭކް' އަޅުވާނެ ތާރީޚެއް ކަމަށް ކަނޑައަޅާފައިވަނީ 5 ނޮވެމްބަރ 2025 ކަމަށް ސެޓަރން ސްޓޫޑިއޯއިން މަޢުލޫމާތު ދެއްވައެވެ. މިއީ ހުރިހާ ޢުމުރެއްގެ އެންމެނާވެސް ގުޅޭ، ވަރަށް މަޖާ ފިލްމަކަށް ވާނެކަމަށް ފިލްމުގެ އުފެއްދުންތެރިން ވިދާޅުވެއެވެ.
މީގެކުރިން ސެޓަރން ސްޓޫޑިއޯގެ ބައިވެރިވުމާއެކު އުފައްދާފައިވާ ކޮންމެ ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމުތަކެއް ކަމުން މި ފިލްމާމެދުވެސް ބެލުންތެރިން ކުރާ އުންމީދު ވަރަށް ބޮޑެވެ. ނަމަވެސް އަދި ބުނެވެން އޮތީ ނޮވެމްބަރ 5 އާ ހަމައަށް އިންތިޒާރުކޮށްލާށޭއެވެ.