ދުނިޔެއިން ނެތިގެން ގޮސްފައިވާ ހުއިއާ ދޫނީގެ ވަރަށް ރަނގަޅަށް ރައްކާތެރިކުރެވިފައިވާ ފަތެއް ނިއުޒީލަންޑް ޑޮލަރު 46,000 (28,365 އެމެރިކާ ޑޮލަރު) އަށް ނީލަމުގައި ވިކިއްޖެއެވެ. މިއީ ދުނިޔެއިން މިހާރު ނެތި ގޮސްފައިވާ ދޫންޏެއްގެ ފަތެއް ކަމުން މިއީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. މި ފަތް ނީލަމުގައި ވިކިފައިވާ އަގުގެ ސަބަބުން މި ފިޔަ ހިމެނިފައިވަނީ ރަސްމީކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ފިޔައިގެ ގޮތުގައެވެ.
ނިއުޒީލަންޑަށް ޚާއްޞަވެފައިވި ހުއިއާ ދޫނި ވަނީ 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި ނެތިގެން ގޮސްފައެވެ. ޔޫރަޕުގެ މީހުން އެ ޖަޒީރާއަށް އައި އިރުވެސް މި ދޫނި ވަރަށް މަދުވެފައި ވަނިކޮށް، އޭގެ ފިޔަތައް ކަލެކްޓަރުންނާއި ފެޝަން ސިނާޢަތުގެ ވިޔަފާރިވެރިންގެ އަމާޒަކަށްވުމުން އެންމެ ފަހުން އެ ދޫނި ނެތިގެން ދިޔައީއެވެ. މި ދޫނީގެ ފިޔަތަކަކީ އަދިވެސް ކަލެކްޓަރުންގެ މެދުގައި ވަރަށް އަގުހުރި އެއްޗެއްގެ ގޮތުގައި ބެލެވެއެވެ. އެހެންކަމުން ދުނިޔޭގެ އެންމެ އަގުބޮޑު ފިޔައަކީ ހުއިއާ ދޫނީގެ ފިޔައެއް ކަމުގައިވުމަކީ އެހާ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. އަންދާޒާކުރެވުނު ގޮތުގައި ނީލަމުގައި 3,000 ޑޮލަރަށް ވުރެ މަތިނުވާނެ ކަމަށް ލަފާކުރެވުނު ހުއިއާ ދޫނީގެ ވަރަށް ރަނގަޅު ފެންވަރެއްގެ ފިޔައެއް ވިއްކާލެވުނީ 28,365 ޑޮލަރަށެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ފިޔައިގެ އައު ރެކޯޑެކެވެ.
“ހުއިއާ ދޫންޏަކީ ވަރަށް މަޝްހޫރު ދޫންޏެއް. އަދި ވަރަށް ގިނަ މީހުން މި ދޫންޏާ ކޮންމެވެސް ގޮތަކުން ގުޅުމެއް އޮންނަ ކަމަށް ދެކެއެވެ،” ވެބްސް އޯކްޝަން ހައުސްގެ ޑެކޮރޭޓިވް އާޓްސްގެ ވެރިޔާ ލީއާ މޮރިސް ދަ ގާޑިއަންއަށް ބުނެފައިވެއެވެ. “މި ފިޔައިގެ ފަތިތައް އެއްވެސް ވަރަކަށް ރޫޅިފައެއް ނުވެއެވެ. އަދި އޭގެ ކުލަތައް ވަރަށް ބޮޑަށް ދެމެހެއްޓިފައިވެއެވެ. އޭގެ ފުން ނޫކުލައާއި އެކި ކުލަތަކަށް ބަދަލުވާ އިރީޑެސެންޓް ކުލަ ހިފެހެއްޓިފައިވެއެވެ. އަދި ސޫފާސޫފީގެ ސަބަބުން ލިބިފައިވާ އެއްވެސް ގެއްލުމެއްގެ ނިޝާނެއް ނުފެނެއެވެ.”
ހުއިއާ ދޫނީގެ ފަތްތައް މިހާ އަގުބޮޑުވެފައިވާ އެއް ސަބަބަކީ މައޯރީ މީހުންނަށް އޭގެ ސަގާފީ އަދި ރޫޙާނީ މުހިންމުކަމެވެ. އެ މީހުންގެ ވެރިން ޘަޤާފީ ކަމެއްގެ ގޮތުގައި އާންމުކޮށް ބޮލުގައި ޖަހައި އުޅެނީ މި ދޫނީގެ ފިޔަތަކެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފިޔައިގެ ބަރުދަނަކީ އެންމެ 9 ގްރާމެވެ. އެހެންކަމުން މި ފިޔައިގެ އަގަކީ އޭގެ ބަރުދަނުގެ ނިސްބަތުން ރަނަށްވުރެ އެތައް ގުނައެއް އަގުބޮޑު އެއްޗެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...