އާދަޔާޚިލާފު މަރުވުމުން ހިތާމަކުރަނީ ކޮންބައެއްތޯ ބެލުމަށް ‘ފޭކު’ ޖަނާޒާއެއް ބާއްވައިފި
އާދަޔާޚިލާފު

މަރުވުމުން ހިތާމަކުރަނީ ކޮންބައެއްތޯ ބެލުމަށް ‘ފޭކު’ ޖަނާޒާއެއް ބާއްވައިފި

Mohan-Lal.png

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ބިހާރު ސްޓޭޓުގެ ކޮންޗީ ނަމަކަށް ކިޔާ ރަށުގެ މީހުން ހައިރާން ކުރުވީ، އެ ރަށުގައި ދިރިއުޅޭ 74 އަހަރުގެ މޯހަން ލާލް ކުއްލިއަކަށް މަރުވެއްޖެކަމުގެ ޚަބަރު އިވުމުންނެވެ. އޭނާއަކީ ކުރީގެ އެއަރ ފޯސް މުވައްޒަފެކެވެ. ގިނަ މީހުންނަށް އޭނާ މަރުވިކަން ޤަބޫލު ކުރަން ދަތިވިޔަސް، ޖަނާޒާގެ އިޖުރާއާތުތައް ކުރިއަށް ދިޔުމުން ވަނީ އޭނާގެ މަރަކީ ތެދެއް ކަމަށް ޤަބޫލު ކުރަން މަޖުބޫރު ވެފައެވެ. އެހެންކަމުން މީހުން އޭނާގެ ޖަނާޒާގައި ބައިވެރިވުމާއި، އެ މީހާއަށްޓަކައި ހިތާމަކުރުމާއި، އެމީހުންގެ އާދަކާދައިގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއްގައި ބައިވެރިވާން ޙާޞިރުވިއެވެ. އެހެންނަމަވެސް، އެމީހުންނަށް ބޮޑު ސިހުމެއް ލިބުނީ، އޭނާއަށް އެންމެފަހު އިޙްތިރާމް އަދާކޮށް، މޫނު ދެކުމަށްޓަކައި އެތަނަށް ޖަމާވެތިބި މީހުންގެ ކުރިމަތީގައި މޯހަން، އޭނާ އޮތް ސަންދޯކުން ތެދުވި ވަގުތުގައެވެ. މި ޖަނާޒާއަކީ އޭނާއަށް އަޅާލައި، އޭނާގެ ޖަނާޒާއަށް އަންނަނީ ކިތައް މީހުންތޯ ބެލުމަށް އޭނާ އަމިއްލައަށް ރާވާފައިވާ ރޭވުމެއް ކަމެވެ.

“މަރުވުމަށްފަހު މީހުން ސަންދޯއް އުފުލައިގެން ދާނެ، އެކަމަކު އަހަރެން ބޭނުންވީ އެކަން އަމިއްލައަށް ބަލައި، މީހުން އަހަރެންނަށް ކިހާވަރަކަށް އިޙްތިރާމްކުރޭތޯއާއި ލޯބިވޭތޯ ދެނެގަންނާށެވެ،” މި ‘ފޭކު’ ޖަނާޒާ ބާއްވަން މަސައްކަތްކުރި ސަބަބާމެދު ސުވާލުކުރުމުން މޯހަން ބުންޏެވެ.

މޯހަން އޭނާގެ ގާތްތިމާގެ ބައެއް މީހުން ގާތު އޭނާ މަރުވިކަމުގެ ޚަބަރު ފެތުރުމަށް އެދުނެވެ. އަދި އޭނާގެ މަރަކީ ޙަޤީޤަތެއް ކަމަށް ދެއްކުމަށް އެހެން ބަޔަކު ލައްވައި ޒީނަތްތެރިކޮށްފައިވާ ސަންދޯކެއްގައި އޭނާ ކަށުކަމާކެމީގެ ކަންތައް އޮންނަ ތަނަށް ގެންދިޔައެވެ. އެއާއެކު އެތައް ސަތޭކަ ބަޔަކު އަވަސްވެގަތީ ހިތާމައިގެ އެ ރަސްމިއްޔާތުގައި ބައިވެރިވާށެވެ. މިކަމުން މޯހަން އުފާވިއެވެ. އަދި މުޖުތަމަޢުގެ އިޙްތިރާމް އޭނާއަށް ލިބޭކަން އޭނާއަށް ޔަޤީންވިއެވެ. މި ‘ފޭކު’ ޖަނާޒާ ބޭއްވުމާ ގުޅިގެން ރަށުގެ މީހުންގެ ކިބައިން މަޢާފަށް އެދުމަށްޓަކއި މޯހަން ލާލް އެ އެންމެންނަށް ވަރަށް ބޮޑު ކެއުމެއް ދިނެވެ. އެހެންކަމުން އެ ކަމާހެދި މީހުން އޭނާދެކެ ރުޅި އައުމުގެ ބަދަލުގައި އެކަމުގެ ވާހަކަ ދެއްކީ މަޖާ ކަމެއްގެ ގޮތުގައެވެ.

ޓެގް

އިންޑިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.