Uncategorized މި ފިލްމު މެދުނުކެނޑި ސިނަމާގައި ދައްކާތާ 30 އަހަރު
Uncategorized

މި ފިލްމު މެދުނުކެނޑި ސިނަމާގައި ދައްކާތާ 30 އަހަރު

DDL2.png

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

 

އިންޑިއާގައި މެދުނުކެނޑި 30 އަހަރު އެއް ފިލްމެއް ދައްކާތާ 30 އަހަރު ފުރުން މުމްބާއީގެ ފިލްމު ތިއޭޓަރަކުން ފާހަގަ ކުރަމުން އެބަދެއެވެ. އެއީ މަޤުބޫލުކަމުގެ މިންވަރަށް ދެގޮތެއް ނުވެ ކުރިއަށް ދާ ލޯބީގެ ފިލްމެކެވެ.

އިންޑިއާގެ މާލީ ވެރިރަށް މުންބާއީގައި ހުންނަ މަރާތާ މަންދިރު ތިއޭޓަރުގައި “ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ” މި ފިލްމު ދައްކަން ފެށިތާ 30 އަހަރު ފުރެނީ 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުއެވެ. އެއާއެކު އެކަން ފާހަގަ ކުރުމަށް ޚާއްޞަ ޙަރަކާތްތައްކެއް ކުރިއަށް ގެންދާނެ ކަމުގެ މަޢުލޫމާތު ލިބެއެވެ. މި ފިލްމުގެ ސަބަބުން ޝާރުކް ޚާން އަދި ކަޖޯލް ސުޕަރ ސްޓާރުންގެ ގޮތުގައި މަޝްހޫރުވިއެވެ.

ފޭނުންގެ މެދުގައި ޑީޑީއެލްޖޭގެ ނަމުން މަޝްހޫރުވެފައިވާ މި ފިލްމުން ޒަމާނީ ހިންދީ ލޯބި އަލުން މާނަކުރިއެވެ. އަދި 1995 ވަނަ އަހަރުގެ އޮކްޓޯބަރު 20 ގައި ރިލީޒްކުރި ފަހުން، ޒަމާންވީ އާދަކާދަތަކާ ދެކޮޅަށް ތެދުވާ ޒުވާން ލޯބިވެރިންގެ ވާހަކައިން، ހެނދުނުގެ ޝޯތަކަށް ފިލްމީ ސިނާޢަތަށް ލޯބިކުރާ އެތައްހާސް ބައެއްގެ ޝަޢުޤުވެރިކަން ގެނުވަމުންދެއެވެ.

“އަހަރެން މި ފިލްމު ގާތްގަނޑަކަށް 30 ފަހަރު ބަލައިފިން… އަދިވެސް ބަލަމުން ގެންދާނަން،” 60 އަހަރުގެ މުޙައްމަދު ޝާކިރު، 40 ރުޕީސް (0.45 ޑޮލަރު) އަށް ޓިކެޓެއް ގަންނަމުން ނިއުސް އޭޖެންސީއަކަށް ބުންޏެވެ.

ބޮންބޭ ސެންޓްރަލް ސްޓޭޝަން ކައިރީގައި ހުންނަ މި ސިނަމާގެ ވެރިޔާ މަނޯޖް ދެސާއީ ބުނިގޮތުގައި ހަފްތާގެ ބަންދުނޫން ދުވަސްތަކުގައި ގިނައިން އަންނަނީ ޔުނިވަރސިޓީ ދަރިވަރުންނާއި، އަލަށް ޒަވާޖީ ޙަޔާތް ފަށައިގެން އުޅޭ ފަރާތްތަކެވެ.

“މި ފިލްމު އެންމެ ފުރަތަމަ އެޅުވިތާ 30 އަހަރު ފަހުންވެސް، 20 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުވެސް މި ފިލްމު ބަލަން 500 މީހުން ހަމަވާނެ،” ދެސާއީ ބުންޏެވެ.

މުންބާއީ އެހެން ތިއޭޓަރެއްގައި 1975 ގެ އެކްޝަން-ތްރިލާ “ޝޯލޭ” 5 އަހަރު ވަންދެން ދެއްކިއެވެ. ނަމައެސް އެ ރެކޯޑަށްވުރެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ މިވަނީ މާ ގިނަ ދުވަހު ދައްކާފައެވެ. މި ފިލްމުގައި ދައްކައިދެނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ އިންޑިޔާގެ ތަންކޮޅެއް ޒަމާނީ އުސްލޫބަކަށް އުޅޭ ކުދިންނާއި އެކުދިންގެ މައިންބަފައިންނާއި، ޒަމާނީ އާދަކާދަތަކަށް ތަބާވާ އާއިލާތަކުގެ ދެމެދުގައި ހުންނަ ފަރަޤެވެ.

ދެސާއީ ބުނިގޮތުގައި ފިލްމުގެ ފަހު މަންޒަރުގައި، ދަތުރުކުރަމުންދާ ރޭލެއްގެ ކައިރިން ފިލްމުގެ ބަޠަލާ ދުވެފައި ގޮސް ލޯބިވެރިޔާގެ އަތުތެރެއަށް ވަންނަ މަންޒަރުގައި، މީހުން އަތްތިލަބަޑިޖަހައި ހިތްވަރުދޭ އަޑު އިވުމަކީ މި ފިލްމު މީގެ 30 އަހަރު ކުރިން އެޅުވީއްސުގެ މިއަދާ ހަމައަށްވެސް އާންމު ކަމެކެވެ.

“މިއީ ގައިން ހީބިހި ނަގައިގެންދާ ވަގުތެވެ،” ދެސާއީ ބުންޏެވެ. “ބައްޕަ އޭނާގެ ދަރިފުޅު ދޫކޮށްލަނީ، އޭނާގެ ދަރިފުޅާއެކު އުމުރު ހޭދަކުރަން އޭނާގެ ލޯބިވެރިޔާއަށްވުރެ ރަނގަޅު މީހަކު ނުލިބޭނެކަމަށް ބުނެއެވެ.”

މިއީ ފިލްމު ރިލީޒްވިއިރު އުފަންވެސް ނުވާ ޒުވާން ފަރާތްތަކަށްވެސް އަދިވެސް މި ފިލްމުން ވާސިލްވާ މެސެޖެކެވެ.

“މިއަދުގެ އަޅުގަނޑުމެންގެ ޖީލުގައި، އަޅުގަނޑުމެންނަށް ގިނައިން ފެންނަނީ މަންފާއަށް ބަލައިގެން ޤާއިމްކުރާ ގުޅުންތައް،” 23 އަހަރުގެ އޮމްކާރް ސަރާފް މީޑިޔާއަކުން ސުވާލު ކުރުމުން ބުންޏެވެ. “އެކަމަކު މި ފިލްމުގައި، ބަޠަލު އެއްވެސް އުންމީދެއް ނެތި އޭނާގެ ލޯބި ހޯދުމަށް ހުރިހާ ހުރަހެއް ފަހަނައަޅައެވެ.”

“އަޅުގަނޑުމެން މި ފިލްމު ޓީވީންނާއި މޯބައިލް ފޯނުންވެސް ބަލާފައިވާނެ، އެކަމަކު ބޮޑު ސްކްރީނުން ބަލާއިރު ހަށިގަނޑުގައި ދަނީ ހީބިހި ނަގައިގެން.”

ދެސާއީ ބުނިގޮތުގައި މި ފިލްމުގެ ވަފާތެރި ފޭނު 20 އަހަރު ވަންދެން ޝޯތަކަށް އަންނަމުން ދިޔައެވެ. އަދި އަނެއްބައި މީހުންނަށް، މި ފިލްމަކީ އެމީހުންގެ އަމިއްލަ ލޯބީގެ ޙަޔާތުގެ ވާހަކައިގެ ގޮތުގައި ބަލައިގަންނަމުން ދިޔައެވެ.

މި ފިލްމު ބަލަން އައި، ރައްޓެހިވެގެން އުޅުނު ދެކުއްޖަކު މި ފިލްމު ބަލާފައި، ފަހުން އެމީހުންގެ ކައިވެނީގެ ޙަފްލާއަށް ދެސާއީއަށް ދަޢުވަތު ދިނެވެ. “އެމީހުން ބޭރު ޤައުމަކަށް ހަނީމޫނަށް ގޮސްފައި އެނބުރި އައިސްވެސް މި ފިލްމު ބަލަން ސިނަމާއަށް އައި” ދެސާއީ ބުންޏެވެ.

2015 ގައި މި ފިލްމު ކޮންމެ ދުވަހަކު ދެއްކުން ހުއްޓާލަން ގާތްގަނޑަކަށް ނިންމާފައިވަނިކޮށް، ފޭނުންގެ ފަރާތުން ލިބުނު ރައްދުގެ ސަބަބުން އެ ނިންމުން ބަދަލުކުރެވުނުކަމަށް ހިންދުސްތާން ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ފިލްމު ކްރިޓިކް ބަރަދްވާޖް ރަންގަން ބުނިގޮތުގައި އާދަކާދައާއި ޒަމާނީ އަގުތަކާ ދެމެދުގައި އޮތް ގުޅުން އަދިވެސް ހޯދަމުންދާ ޤައުމެއްގައި މި ފިލްމަށް ދެމެހެއްޓެނިވި މަޤްބޫލުކަމެއް ލިބިފައިވެއެވެ.

“މިއީ އިންޑިއާގެ ސަޤާފަތުގެ ވަކި ހިސާބެއް ތަމްސީލުކުރާ އެއްޗެއް، އަދި އެހެންވެ މިއަދުވެސް މި ފިލްމަށް ލޯބިކުރެވެނީ” ރަންގަން ބުންޏެވެ. އޭނާ އިތުރަުރަށް ބުނިގޮތުގައި މި ފިލްމުން “ވަރަށް ފުރިހަމައަށް” ދެ ޖީލެއްގެ ދެމެދުގައި އޮތް ގޮންޖެހުން ދައްކުވައިދެއެވެ.

މި ފިލްމުގެ ވާހަކައަކީ ލަންޑަނުގައި ދިރިއުޅޭ އިންޑިއާގެ ދެ ޒުވާނުންގެ ލޯބީގެ ވާހަކައެކެވެ. މި ފިލްމުގައި އެ ދެޒުވާނުންގެ އާޢިލީ ޤަބޫލްކުރުންތަކުގެ ސަބަބުން، އެ ގުޅުމަށް ދެއާޢިލާއިންވެސް ނުޤަބޫލުވެއެވެ. މި ފިލްމުގައި އިންޑިއާގެ އާދަކާދަތަކާއި ބޭރު ޤައުމުތަކުގައި އުޅޭ އިންޑިޔާ މީހުންގެ ޒަމާނީ ވިސްނުމާ ދެމެދު އޮތް ފަރަގު ދައްކުވައިދެއެވެ.

މި ފިލްމުގެ މަޝްހޫރު މަންޒަރުތަކުގެ ތެރޭގައި ހިމެނެނީ ރޭލު ސްޓޭޝަނުގައި ކުޅެފައިވާ މި ފިލްމުގެ ފަހު މަންޒަރެވެ. މި މަންޒަރުގައި ދުއްވަމުންދާ ރޭލެއްގެ ކައިރިން ފިލްމުގެ ބަޠަލާ ދުވެފައި ގޮސް އޭނާގެ ލޯބިވެރިޔާގެ އަތުތެރެއަށް ވަދެއެވެ. މި މަންޒަރަކީ އިންޑިއާގެ ފިލްމީ ތާރީޚުގައި އެންމެ އިހްސާސްގަދަ އަދި ހަނދާންނައްތާނުލެވޭ މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރު ކަމުގައި ވެފައިވެއެވެ.

މި ފިލްމު 30 އަހަރު ވަންދެން ދައްކަމުން އައުމަކީ އިންޑިއާގެ ސިނަމާ ސިނާޢަތުގައި ވަރަށް ޚާއްޞަ ކަމެކެވެ. މިއީ މި ފިލްމުގެ ދެމެހެއްޓެނިވި މަޤްބޫލުކަމާއި، އިންޑިއާގެ ސަޤާފަތުގައި މި ފިލްމު އަދާކުރާ މުހިންމު ދައުރު ދައްކުވައިދޭ ކަމެކެވެ. މި ފިލްމަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އިތުރުން، އިންޑިއާގެ ޘަޤާފީ އަދި އިޖްތިމާޢީ ބަދަލުތައް ދައްކުވައިދޭ ވާހަކައެއްގެ ގޮތުގައިވެސް މީހުންވަނީ ބަލައިގެންފައެވެ.

ޓެގް

ފިލްމު ބޮލީވުޑް އިންޑިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.