ވިޔަފާރި އައްޑޫ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ކެފޭއެއް ހުޅުވައިފި
ވިޔަފާރި

އައްޑޫ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ކެފޭއެއް ހުޅުވައިފި

Addu Authentic shop cafe opening 1.jpg

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުދި ވިޔަފާރިތަކަށް، ވިޔަފާރީގެ ފަހި ވެށްޓެއް ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އައްޑު އަތޮޅު ގަމުގައި ހިންގަމުން އަންނަ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ކެފޭއެއް ހުޅުވައިފިއެވެ. ތްރީ އެސް ކެފޭއިން ހިންގާ މި ކެފޭ ހުޅުއްވައިދެއްވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާޢު މުޙައްމަދެވެ. މިކަމަށްޓަކައި އައްޑޫ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި ތްރީއެސް ކެފޭއާއި ބީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމިއްޔާތުގައި ޒުވާން ފަންނުވެރިންގެ ހުނަރުވެރި ހުށަހެޅުންތައްވެސް ފެނިގެން ދިޔައެވެ.

ބީސީސީން މިހާރުވެސް އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ހިންގާ ފިހާރަތަކުގެ ތެރެއިން މާލޭގައި މ.ކަނީރުވިލާގެ ގްރައުންޑް ފްލޯގައި ހިންގާ ފިހާރައިގައިވެސް ކެފޭއެއް ހިންގައެވެ. ފާހަގަ ކުރެވޭ ގޮތުގައި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ، ދިވެހި އުފެއްދުންތެރި ކުދި ވިޔަފާރިތަކުން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކައިދިނުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފިހާރަ ތަކެކެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ކްރޮސްރޯޑްސްއާއި އއ.ތޮއްޑޫގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިރާތައް ހިންގަމުން ދެއެވެ. މިއީ ދިވެހީންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރަށްވެސް ވިއްކޭނެ މަގު ކުދި ވިޔަފާރިވެރިންނަށް ފަހިކޮށް ދިނުމަށްޓަކައި ބީސީސީން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ޒަމާނީ އުސްލޫބަށް ކެފޭ ޤާއިމްކޮށް ހިންގުމުން ފިހާރައަށް ޒިޔާރަތް ކުރާ ކަމޭދުންގެ ޢަދަދު ގިނަވެ ވިޔަފާރިއަށް ކުރިއެރުން ލިބޭކަން މާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސް ފިހާރައަށް ބަލައިލުމުންވެސް ހާމަވެއެވެ. އެހެންކަމުން އައްޑޫ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި މި ހުޅުވުނު ކެފޭއާއެކު އެތަނުގެ ވިޔަފާރިވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.