މި އަހަރުގެ ފިތުރު ޢީދު ނަމާދު މާލޭ ސަރަހައްދުގެ 28 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. އެގޮތުން، މާލެ ސަރަހައްދުގައިި މާލެ މާފަންނު ސްޓޭޑިއަމްއާއި، ވިލިގިލި ބޯޅަދަނޑުގައާއި، ހުޅުމާލެ ފޭސް 1 ސިންތަޓިކް ޓްރެކްގައާއި، ހުޅުމާލެ ފޭސް 2 ގައި އޮންނަ މަސްޖިދުލް ހަސަން އާދަމްގެ ދެކުނުގައި އޮންނަ ހުސްބިމުގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެއެވެ.
އެގޮތުން، މާލޭގައި:
1. މާފަންނު ސްޓޭޑިއަމް
2. އިސްލާމީ މަރުކަޒު
3. ސަލްމާން މިސްކިތް
4. ފުރުޤާން މިސްކިތް
5. މަސްޖިދުއް ނޫރު
6. މަސްޖިދުއް ޝަހީދު އަލީ
7. ޠައިބާ މިސްކިތް
8. ދުބުރި މިސްކިތް
9. ފަނޑިޔާރު މިސްކިތް
10. ބަންޑާރަ މިސްކިތް
11. މަސްޖިދުއް ޞަލާހުއްދީން
12. މަސްޖިދުއް ޖަލާލުއްދީން
13. މަސްޖިދު އިބްރާހިމް
14. މަސްޖިދު އިސްކަންދަރު
15. މަސްޖިދު ޔޫސުފުލް ބަރުބަީ
16. ރަން މިސްކިތް
17. ފައިފުހޭ މިސްކިތް
18. މާފަންނު އާމިސްކިތް
ވިލިމާލޭގައި:
1. ވިލިގިލި ބޯޅަދަނޑު
2. މަސްޖިދުއް ސަލާމް
ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި:
1. ސިންތަޓިކް ޓްރެކް (ބޮޑު ޖަމާއަތް ފޭސް 1)
2. މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އަލް ޘާނީ (ފޭސް 1)
3. މަސްޖިދު ރަޝީދު (ފޭސް 1)
4. މަސްޖިދު ޢަޒީޒާ މޫސާ (ފޭސް 1)
5. މަސްޖިދު އަޞްދިޤާ (ފޭސް 1)
6. މަސްޖިދުލްވާލިދައިނި (ފޭސް 1)
7. މަސްޖިދުއް ހަސަން އާދަމްގެ ދެކުނަށް އޮންނަ ހުސްބިން (ބޮޑު ޖަމާއަތް ފޭސް 2)
8. މަސްޖިދުލް އީމާން (ފޭސް 2)
9. މަސްޖިދު ޢުޘްމާން ބިން ޢައްފާން (ފޭސް 2)
ޢީދު ނަމާދު ކުރަން ފަށާނެ ގަޑިއަކަށް ކަނޑައަޅައިފަވަނީ ހެނދުނު 7 ޖަހާއިރެވެ. ކުރިން ރާއްޖޭގައި ޢީދު ނަމާދު ކުރަމުން އައީ 7:30 ގައެވެ. ނަމަވެސް ފަހުން ޢީދު ނަމާދުކުރުމަށް ވަނީ ހެނދުނު 7:00 ކަނޑައަޅައިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...