ޚަބަރު ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި
ޚަބަރު

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްއިއްޔާތަކާއި ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 'ޑޯންޓް މިސް އަ ބީޓް' މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަން ފާހަގަކުރުމާއި، ހިތާއި ލޭނާރުގެ ބަލިތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ ޢަލީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެންއެވެ. މީގެއިތުރުން ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، ނޭޝަނަލް ސެންޓަރ ފޯރ ކާޑިއޯވެސްކިއުލަރ ސައިންސަސް (އެން.ސީ.ސީ.އެސް)، ހުޅުމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ، މޯލްޑިވިއަން ފިޒިއޮތެރަޕީ އެސޯސިއޭޝަން، ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ނޭޝަނަލް ޑައިއެބީޓީސް ސެންޓަރުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

އާންމުންނަށް ޚާއްޞަ ސްޓޯލްތަކާއި ޚިދުމަތްތައް

މި އިވެންޓުގެ ތެރެއިން އާންމުންނަށް ހިލޭ ހެލްތު ސްކްރީންކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ސްޓޯލްތައް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެންޓަރުން ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމުގެ ޚިދުމަތް ދީފައިވާއިރު، އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއި އެން.ޑީ.ސީ އަދި އެން.ސީ.ސީ.އެސް ގުޅިގެން ހިތާއި ލޭދައުރުވާ ނިޒާމުގެ މޮޑެލްތައް ދައްކާލުމާއި، ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި ފޭސް ޕެއިންޓިންގ ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން މޯލްޑިވިއަން ފިޒިއޮތެރަޕީ އެސޯސިއޭޝަނުން ޖިސްމާނީ ހަރަކާތްތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގެ ޓެސްޓުތައް ހެދިއިރު، މޯލްޑިވިއަން ރެޑް ކްރެސެންޓުން ވަނީ ސީ.ޕީ.އާރް އަދި ފުރަތަމަ އެހީގެ ހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެޗް.ޕީ.އޭ ޓޮބެކޯ ކޮންޓްރޯލުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމާ ގުޅޭ ލަފައާއި ހޭލުންތެރިކަން ފޯރުކޮށްދީފައިވެއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަސް ހިންގުނު އާއްމު ހަރަކާތް

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިތެއް އެޅުމާއި ފޮޓޯ ނެގުމުގެ ޚާއްޞަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ބައިވެރިން ވަނީ ޤައުމީ ފެންވަރުގައި ހިތުގެ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އެއްބައިވަންތަކަން ދައްކުވައިދީފައެވެ. މީގެއިތުރުން އަމިއްލަ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކުރާނެ ކަންކަން ބަޔާންކޮށް 'ޕްރޮމިސް ޓު ހާރޓް' ޕްލެޖު ބޯޑުގައި ސޮއިކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.