މަޢުލޫމާތު އިނގުރަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ބާވަތެއް
މަޢުލޫމާތު

އިނގުރަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ބާވަތެއް

1733222695.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިނގުރަކީ ވަރަށް ކުރީއްސުރެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އައިސްފައިވާ މަޝްހޫރު ބާވަތެކެވެ. އެއީ އޭގެ ވަހާއި ރަހަ ރަނގަޅު ސިފަތަކަށް އެކަންޏެއް ނޫނެވެ. އޭގެ ގިނަގުނަ ސިއްޙީ ފައިދާތަކުގެ ސަބަބުންވެސް އިނގުރަކީ ފާހަގަކުރެވޭ ބާވަތެކެވެ. އިނގުރު ގަހުގެ (ޒިންޖިބަރ އޮފިސިނޭލް) މޫގަނޑުން ނެގޭ މި ބޭނުންތެރި ބާވަތަކީ އެތައްހާސް އަހަރެއް ކުރީއްސުރެ ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އައިސްފައިވާ އެއްޗެކެވެ. އިނގުރުގައި އެކުލެވިފައިވާ ފަރުވާދޭ ސިފަތައް ޒަމާނީ ދިރާސާތަކުން ސާބިތު ކޮށްދީފައިވެއެވެ. މީގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ބަނޑު ފުފުން ކުޑަކުރުމާއި، ދިފާޢީ ނިޒާމު ވަރުގަދަކުރުމާއި، އަދި އެކިއެކި ރިހުންތައް ލުއިކޮށްދިނުމުގައި މިއަދާ ހަމައަށް ވެސް އިނގުރު އަދާކުރަމުން އައިސްފައިވާ ދައުރު ފާހަގަކުރެވެއެވެ.

 

އިނގުރުގެ އެންމެ މަޝްހޫރު އެއް ފައިދާއަކީ ހަޖަމުކުރުމުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ޤާބިލުކަމެވެ. ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުން އިނގުރުގެ ސަބަބުން އިތުރުކޮށްދީ، ފަސޭހައިން ހަޖަމުވުމަށް އެހީތެރިވެދެއެވެ. މިއީ ޚާއްޞަކޮށް ދަތުރުފަތުރުގެ ސަބަބުން ނުވަތަ މާބަނޑު އަންހެނުންނަށް ދިމާވާ ހޮޑުލެވުމުގެ މައްސަލަ ނުވަތަ ކީމޯތެރަޕީގެ ސަބަބުން ދިމާވާ އެކި އުނދަގޫތައް ލުއިކޮށްދިނުމުގައި ވަރަށް ފައިދާ ބޮޑު އެއްޗެކެވެ. މީގެ އިތުރުން، ބަނޑުގައި ހުންނަ ތަކެތި އަވަހަށް ހަޖަމުކުރުމަށް އެހީތެރިވެދީ، ބަނޑު ފުފުމާއި ހަޖަމު ނުވުން ކުޑަކޮށްދެއެވެ. މިގޮތުން މިއީ ބަނޑަށް އުނދަގޫވުމުގެ މައްސަލައަށް ޤުދުރަތީ ޙައްލެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ.

 

އިނގުރުގެ އަނެއް މުހިންމު ފައިދާއަކީ އޭގެ ވަރުގަދަ އެންޓި-އިންފްލެމޭޓަރީ ސިފަތަކެވެ. އިނގުރުގައި ހިމެނޭ ޖިންޖެރޯލް އަދި ޝޯގޯލް ފަދަ ހަރަކާތްތެރި މާއްދާތަކުން ހަށިގަނޑުގެ އެންޓި-އިންފްލެމޭޓަރީ އޮކްސިޑޭޓިވް ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދެއެވެ. މި ސިފަތަކުގެ ސަބަބުން އާތްރައިޓިސް ފަދަ ދިގު މުއްދަތަކަށް ދެމިގެންދާ ޙާލަތްތައް ބެލެހެއްޓުމުގައި އިނގުރަކީ އަގުހުރި އެހީތެރިއެކެވެ. ގަވާއިދުން އިނގުރު ބޭނުންކުރުމުން ހުޅުހުޅުގެ ރިހުމާއި ހަރުކަށިކަން ކުޑަކޮށްދީ، އެންޓި-އިންފްލެމޭޓަރީ ބަލިތައް ތަޙަންމަލު ކުރާ މީހުންގެ ހަރަކާތްތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.                  

ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގައިވެސް މުހިންމު ދައުރެއް އިނގުރު އަދާކުރެއެވެ. އޭގައި އެކުލެވޭ މަތީ މިންވަރެއްގެ އެންޓިއޮކްސިޑެންޓްސް، ހަށިގަނޑު ފްރީ ރެޑިކަލްސްއިން ރައްކާތެރިކޮށްދެއެވެ. މިއީ ސެލްތަކަށް ގެއްލުން ދީ، ބަލިތަކަށް މަގުފަހިކުރުވާ އެއްޗެކެވެ. މީގެ އިތުރުން، އިނގުރުގައި ޤުދުރަތީ އެންޓި-މައިކްރޯބިއަލް އަދި އެންޓި-ވައިރަލް ސިފަތައް ހުރުމުން، އާންމު އިންފެކްޝަންތައް ކަމުގައިވާ ރޯގާއާއި ފްލޫ ފަދަ ބަލިތަކާ ދެކޮޅަށް ވަރަށް ފައިދާ ކުރެއެވެ. އިނގުރު ސައި ބުއިމުން ނުވަތަ އެހެން ގޮތްގޮތުން އިނގުރު ބޭނުންކުރުމުން ކަރުތެރެއަށް ފަސޭހަކޮށްދީ، ނޭވާލާން ފަސޭހަކޮށްދީ، އަދި މިނޫނަސް މޫސުމީ ތަފާޓު ބަލިތަކުން އަވަހަށް ރަނގަޅުވުމަށް މަގުފަހިކޮށްދެއެވެ.

މީގެ އިތުރުން، އިނގުރަކީ ތަދުކެނޑުވުމަށްވެސް ބޭނުންކުރެވޭ ޤުދުރަތީ އެއްޗެކެވެ. ޚާއްޞަކޮށް މައްސަރު ކަންތަކުގެ ވޭން (ޑިސްމެނޯރިއާ) އަދި މަސްތަކުގައި އުފެދޭ އެހެނިހެން ތަދުތައް ކުޑަކުރުމުގައި ވަރަށް ފައިދާ ކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އިނގުރުން ވޭނުގެ ގަދަކަން ކުޑަކުރެވޭ މިންވަރު، އާންމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކާ އެއްވަރެވެ. މިގޮތުން އިނގުރަކީ  ސައިޑް އިފެކްޓް މަދު، ޤުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ކުޅިވަރުކުޅޭ މީހުންނާއި ޖިސްމާނީގޮތުން ހަރަކާތްތެރި މީހުން، ކަސްރަތުކުރުމަށްފަހު މަސްތަކުގައި އުފެދޭ ވޭން ކުޑަކުރުމަށާއި އަވަހަށް ރަނގަޅުވުމަށް އިނގުރު ބޭނުންކުރެއެވެ. 

މި މައިގަނޑު ފައިދާތަކުގެ އިތުރުން، އިނގުރުން ލޭ ދައުރުވުން ރަނގަޅުކޮށްދީ، ކޮލެސްޓްރޯލް ދަށްކޮށްދިނުމުގެ ސަބަބުން ހިތުގެ ސިއްހަތަށް ފައިދާކުރެއެވެ. އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭތީ، ހަކުރު ބަލި ހުންނަ މީހުންނަށްވެސް އިނގުރުން ފައިދާ ކުރެއެވެ. މީގެ އިތުރުން، ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ސިފަތައް އިނގުރުގައި ހުރެދާނެކަމަށް ބެލެވެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި އިނގުރުގެ ސަބަބުން ކެންސަރު ސެލްތައް އިތުރުވުން ހުއްޓުވައި، ޓިއުމަރު ބޮޑުވުން މަޑުޖައްސާލައެވެ.

އިނގުރަކީ، ވަރަށް ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ، ޤުދުރަތީ ބޭހެކެވެ. ހަޖަމުކުރުން ރަނގަޅުކުރުމާއި، ހަށިގަނޑުގެ އިންފްލަމޭޝަން މަދުކުރުމާއި، އިމިއުން ސިސްޓަމް ވަރުގަދަކުރުމާއި، ތަދު ފިލުވުމާ ހަމައަށް، މި އާދައިގެ މޫގަނޑުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެތައް ގޮތްތަކެއް ހުށަހަޅައެވެ. ދުވަހުގެ ކެއުމުގައާއި، ބުއިންތަކުގައި، ނުވަތަ ސަޕްލިމެންޓްގެ ގޮތުގައި އިނގުރު ބޭނުންކުރުމަކީ އޭގެ ބޭސްވެރިކަމުގެ ޚާއްޞިއްޔަތުތައް ބޭނުންކޮށް، އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ފަސޭހަ އަދި ނަތީޖާ ނެރެވޭނެ ގޮތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.