އާދަޔާޚިލާފު ގައިދީން ފޮތް ކިޔުމުން ޖަލު ޙުކުމުގެ މުއްދަތު ކުރު ކުރުމުގެ ފުރުޞަޠު ބްރެޒިލްގައި އޮވޭ
އާދަޔާޚިލާފު

ގައިދީން ފޮތް ކިޔުމުން ޖަލު ޙުކުމުގެ މުއްދަތު ކުރު ކުރުމުގެ ފުރުޞަޠު ބްރެޒިލްގައި އޮވޭ

Brazil jail.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބްރެޒިލްގެ ‘ފޮތް ކިޔުމުގެ އާދަ މެދުވެރިކޮށް މާފު ދިނުމުގެ’ ޕްރޮގްރާމަކީ، ކުށްވެރިން އިސްލާޙުކުރުމަށް ދުނިޔޭގައިވާ އެންމެ އީޖާދީ އެއް ގޮތް ކަމަށް ބުނެވިދާނެއެވެ. ގިނަ ޖަލުތަކެއްގައި ތަޢާރަފުކޮށްފައިވާ މި ސިޔާސަތުން ގައިދީންނަށް، އެމީހުން ކިޔާ ކޮންމެ ފޮތެއްގެ ބަދަލުގައި އެމީހުންގެ ޖަލު ހުކުމް ހަތަރު ދުވަހަށް ކުރުކުރުމުގެ ފުރުސަތު ލިބެއެވެ. އަހަރަކު އެންމެ ގިނަވެގެން ބާރަ ފޮތް ކިޔޭނެއެވެ. ނަމަވެސް، މިއީ ހަމައެކަނި ފޮތް ކިޔައިލުމުން އެކަނި ލިބޭ ލުޔެއް ނޫނެވެ. މި ފުރުޞަޠުގެ ބޭނުން ހިފާ ގައިދީން ކިޔާ ކޮންމެ ފޮތެއް ކިޔައި ނިމުމުން އެފޮތާ ބެހޭގޮތުން ރިޕޯޓެއް ލިޔަން ޖެހެއެވެ. މި ރިޕޯޓު ލިޔަން ޖެހޭނީ ގައިދީގެ އަމިއްލަ އަތުލިޔުމުންނެވެ. އެ ރިޕޯޓުން ދައްކުވައިދޭންޖެހެނީ އެފޮތުގައިވާ އެއްޗެއް ގައިދީއަށް ފަހުމުވީ ވަރެވެ. މިގޮތުން ކިޔަން ލިބޭ ފޮތްތަކަކީ ދަބިއްޔާތު، ފަލްސަފާ، ސައިންސް، ނުވަތަ އެހެންވެސް ފައިދާހުރި ދާއިރާތަކުން ލިޔެފައިވާ ފޮތަކަށް ވެދާނެއެެވެ.  މިކަމުން ފޮތް ކިޔުމަކީ ހަމައެކަނި ލިބޭ ފުރުސަތެއްގެ ގޮތުގައި ނުވެ، އެއީ ފައިދާހުރި ތަޢުލީމީ ތަޖުރިބާއެއްކަން ކަށަވަރުކުރެއެވެ.

އެކަމަށް ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި މަސައްކަތަކީ ޖަލު މުއްދަތު ކުރުކުރުމަށްވުރެ ބޮޑު ކަމެކެވެ. މިކަމުން ދިރިއުޅުން ބައްޓަންކުރުމަށް އެހީތެރިވެދެއެވެ. ގިނަ ގައިދީން ޖަލަށް ވަންނައިރު ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ކުޑައެވެ. ނުވަތަ އެއްގޮތަކަށްވެސް އެ ފުރުޞަޠު ލިބިފައެއް ނުވެއެވެ. އެކަށީގެންވާ ކިޔެވުމަކީ ފިކުރީ ހިތްވަރު، ޝުޢޫރީ ކުރިއެރުން، އަދި ކިޔަވައިދެނެގަތުމުގެ ގާބިލްކަން އިތުރުކޮށްދޭ ކަމެކެވެ. މި ހުނަރުތަކުގެ ސަބަބުން، ގައިދީން ޖަލު ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވުމަށްފަހު ވަޒީފާގެ ފުރުސަތު އިތުރުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވެ، އަދި އަލުން ކުށަށް އެނބުރިދިޔުމުގެ ފުރުސަތު ކުޑަވެއެވެ. މި ޕްރޮގްރާމުން އަމިއްލަ ނަފްސު ހިފެހެއްޓުމަށާއި، އާ އެއްޗެހި ދެނެގަތުމަށް ހިތްވަރުދީ، ގައިދީންނަކީ ދާއިމީ ކުށްވެރިން ކަމަށް ނުބަލައި، އިޞްލާޙުވެ ބަދަލުވާން ކުޅަދާނަ ދަރިވަރުންގެ ގޮތުގައި ބަލައެވެ.

ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޖަލު ޙުކުމުގެ މުއްދަތު ކުރުކުރުން މާ ބޮޑު ލުޔެއް ކަމަށް ހީވެދާނެ ކަމަށާއި، ތަފާތު ޖަލުތަކުގައި މިކަން ތަފާތުކޮށް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، ހަމައެކަނި އަދަބު ދިނުމަށްވުރެ އިސްލާޙު ކުރުމުގެ ފުޅާ ފައިދާތަކެއް އެބަހުރި ކަމަށް ހަމައެމީހުންވެސް ގަބޫލުކުރެއެވެ. ‘ފޮތް ކިޔުން މެދުވެރިކޮށް މާފު ދިނުމުގެ’ ޕްރޮގްރާމަކީ ހަމްދަރުދީގެ ނަޒަރުން ނުވަތަ މައްސަލަތަކެއް އެކުލެވޭ ނަޒަރަކުން ބެލި ނަމަވެސް، މިކަމުން ދައްކުވައިދެނީ އިންސާފުގެ ކަންކަމަށް ބްރެޒިލްގައި ތަފާތު ގޮތަކަށް ވިސްނައި، އިންސާނުންގެ ގާބިލްކަމުގައި ވުނަ ކުރަން ބޭނުންވާ މިންވަރެވެ.

ޓެގް

ޖަލު ގައިދީން ބްރެޒިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.