ޚަބަރު އީރާނުން އަނެއްކާވެސް އެމެރިކާ ސިއްސުވާލައިފި
ޚަބަރު

އީރާނުން އަނެއްކާވެސް އެމެރިކާ ސިއްސުވާލައިފި

Hezbollah_drill_in_Aaramta_.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

28ފެބްރުއަރީ 2026 ވީ ހޮނިހިރު ދުވަހު، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށާއި، ވެރިރަށް ތެހެރާނު ކައިރިއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަމަ ނުޖެހުން އުފެދި ހަގުރާމައިގެ މައިދާނަކައް މެދުއިރުމަތި ބަދަލުވެފައެވެ. އެމެރިކާގެ އިސްވެރިން މި ހަމަލާތަކަކީ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ދިން “ޕްރީ-އެމްޕްޓިވް” ނުވަތަ އިސްވެ ދިން ހަމަލާތަކެއް ކަމަށް ސިފަކުރި ނަމަވެސް، މީގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު ވަނީ ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައެވެ.

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށްފަހު ކުޑަ ވަގުތުކޮޅެއް ތެރޭގައި، އީރާނުން ވަނީ އާދަޔާ ޚިލާފު ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލުގެ ބިންތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް އީރާނުން ވަނީ ފޮނުވާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރޭން، ކުވެއިތު، ޔޫއޭއީ، ގަތަރު އަދި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެ ގައުމާ ދެކޮޅަށް ހިންގާ އުދުވާނުތަކާ ކުރިމަތިލުމުގައި އީރާނުގެ އަސްކަރީ ގާބިލުކަމާއި ސާބިތުކަން ހާމަކޮށްދިން ހަމަލާތަކެކެވެ.

މި ހަމަލާތަކާ ގުޅިގެން ސަލާމަތީ ނުރައްކާ ބޮޑުވުމުގެ ސަބަބުން، މެދުއިރުމަތީގެ މަތިން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

އީރާނުގެ ލީޑަޝިޕުން ވިދާޅުވެފައިވަނީ އެ ގައުމުގެ ދިފާއުގައި “މުޅި ބާރުގެ ބޭނުންކޮށްގެން” މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އީރާނުން ދިން ރައްދަކީ ފަހަތަށް ޖެހުމެއް ނޫން ކަމަށާއި، އެއީ ބޭރުގެ އަސްކަރީ ނުފޫޒުތަކާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވުން ކަމަށް އެ ގައުމުން ވަނީ ސިފަކޮށްފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، މި ހަމަނުޖެހުން އިތުރަށް ފުޅާވެ، ސަރަހައްދުގެ އެހެން ގައުމުތައް މީގެ ތެރެއަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ. 

ޓެގް

އިރާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.