އާދަޔާޚިލާފު ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހާ އާއި އެންމެ ކުރު މީހާ ބައްދަލުވުން – މުޅި ދުނިޔެ ހައިރާންކޮށްލި ކަމެއް
އާދަޔާޚިލާފު

ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހާ އާއި އެންމެ ކުރު މީހާ ބައްދަލުވުން – މުޅި ދުނިޔެ ހައިރާންކޮށްލި ކަމެއް

kETw7CFbaAsfZ76oSEkC27.png

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހާ އާއި އެންމެ ކުރު މީހާ އެކުގައި ފެނިގެންދިޔަ ވަގުތަކީ ވަރަށް ގިނަ ބަޔަކު ހައިރާންވި ވަގުތެކެވެ. މި ދެމީހުންގެ އިސްކޮޅުގައި ހުރި ބޮޑު ތަފާތު ފެނި، ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ބޮޑު ސިހުމެއް ލިބުނެވެ.

މި ޒަމާނުގެ ތާރީޙުގައި ފެނުނު އެންމެ އިސްކޮޅުން ދިގު މީހަކީ ތުރުކީއަށް ނިސްބަތްވާ ސުލްތާން ކޯސެން އެވެ. އޭނާގެ އިސްކޮޅުގައި 8 ފޫޓު 2.8 އިންޗި ނުވަތަ 251 ސެންޓިމީޓަރު ހުރެއެވެ. އޭނާގެ އިސްކޮޅު މިހާ ބޮޑަށް ދިގުވާން މެދުވެރިވީ “ގިގަންޓިޒަމް“ ނަމަކަށް ކިޔާ، މަދުން ނޫނީ ދިމާނުވާ ސިއްހީ ހާލަތެއްގެ ސަބަބުންނެވެ. ގިނިސް ވޯލްޑް ރެކޯޑްސް އިން ބަލައިގަނެފައިވާ ގޮތުގައި، ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު މީހާގެ މަގާމުގައި ދެމިހުރީ އޭނާއެވެ.

އޭނާ ދުނިޔޭގެ އެންމެ ކުރި މީހާއާ ބައްދަލުވި ތާރީޚީ ބައްދަލުވުމުގައި ސުލްތާންގެ ގާތުގައި ހުރީ ނޭޕާލަށް ނިސްބަތްވާ ޗަންދްރާ ބަހާދުރު ދަންގީ އެވެ. އޭނާގެ އިސްކޮޅަކީ އެންމެ 21.5 އިންޗި ނުވަތަ 54.6 ސެންޓިމީޓަރެވެ. 2015 ވަނަ އަހަރު އޭނާ މަރުވުމުގެ ކުރިން، ޗަންދްރާ ބަލައިގަނެވިފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް ރެކޯޑު ކުރެވުނު އެންމެ ކުރު އުމުރުން ބޮޑު މީހާގެ ގޮތުގައެވެ. އޭނާގެ އިސްކޮޅު އެހާ ބޮޑަށް ކުރުވީ “ޑްވަރފިޒަމް“ގެ ގެ ސަބަބުންނެވެ. އޭނާގެ އިސްކޮޅަކީ ގިނަ ތުއްތު ކުދިންގެ އިސްކޮޅަށްވުރެވެސް ކުރު އިސްކޮޅެކެވެ.

މި ދެމީހުން 2014 ވަނަ އަހަރު ލަންޑަނުގައި ބޭއްވި ގިނިސް ވޯލްޑް ރެކޯޑްސްގެ އިވެންޓެއްގައި ބައްދަލުވުމުން ފެނިގެންދިޔަ މަންޒަރަކީ އާދަޔާޚިލާފު މަންޒަރެކެވެ. އެމީހުންގެ އިސްކޮޅުގައި ގާތްގަނޑަކަށް 7 ފޫޓުގެ ތަފާތެއް ހުއްޓެވެ. މިއީ އާންމުކޮށް ގޭގެއަށް ވަންނަން ހުންނަ ދޮރެއްގެ އުސްމިނާ އެއްވަރުގެ ބޮޑު ތަފާތެކެވެ. މި ބައްދަލުވުމުގެ ފޮޓޯތައް މުޅި ދުނިޔޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައިރު، މިއީ އިންސާނުންގެ ހަށިގަނޑުގެ އާދަޔާޚިލާފު ތަފާތުކަން ހާމަކޮށްދިން ވަގުތުކޮޅެކެވެ.

ޖިސްމާނީ ގޮތުން މިހާ ބޮޑު ތަފާތެއް ހުރި ނަމަވެސް، ދެމީހުންގެ މެދުގައި އޮތީ އެކުވެރިކަމާއި އިހުތިރާމެވެ. އެމީހުންގެ މި ބައްދަލުވުމަކީ ހަމައެކަނި ރެކޯޑެއް ގާއިމުކުރުމަށްވުރެ ބޮޑަށް، އިންސާނުންގެ ހުންނަ ތަފާތު ސިފަތަކާއި ހިތްވަރު ގަދަކަން ފާހަގަކޮށްދިން ކަމެކެވެ.

ސުލްތާން ކޯސެންގެ އާދަޔާޚިލާފު ދިގު އިސްކޮޅާއި، ޗަންދްރާ ބަހާދުރު ދަންގީގެ ކުރު އިސްކޮޅު އެކުގައި ފެނިގެންދިޔަ މި ހަނދާނީ ބައްދަލުވުމަކީ، ދުނިޔޭގެ ތާރީޙުގައި މިހާތަނަށް ހިނގާފައިވާ އެންމެ ތަފާތު އަދި ހައިރާންކުރުވަނިވި އެއް ރެކޯޑެވެ.

ޓެގް

ރެކޯޑު އިސްކޮޅު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.