މަޢުލޫމާތު އަލްޖީރިޔާ – މުސްލިމުންގެ އާބާދީ ބޮޑު، އެފްރިކާގެ ގައުމެއް
މަޢުލޫމާތު

އަލްޖީރިޔާ – މުސްލިމުންގެ އާބާދީ ބޮޑު، އެފްރިކާގެ ގައުމެއް

Algeria.jpeg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެފްރިކާގެ އެންމެ ބޮޑު ޤައުމު ކަމުގައިވާ އަލްޖީރިއާއަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. އެ ޤައުމުގެ އާބާދީގެ 99 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. އޭގެތެރެއިން ގިނަމީހުން ތަބާވަނީ މާލިކީ މަޒުހަބަށެވެ. މިއީ އެ ޤައުމުގެ ސަގާފީ އަދި އިޖްތިމާޢީ ކަންކަން އެކުލަވާލައި ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

އަލްޖީރިއާއަށް އިސްލާމްދީން ތަޢާރަފުވީ މީލާދީން 7 ވަނަ ޤަރުނުގައި އުމަވީ ޚިލާފަތުގެ ދަށުން ޢަރަބި-މުސްލިމުން އެ ސަރަޙައްދަށް ފެތުރުނު ދުވަސްވަރުއެވެ. 8 ވަނަ ޤަރުނުގެ ކުރީކޮޅަށް އައި އިރު، އެ ސަރަޙައްދުގައި ދިރިއުޅެމުން މީހުންގެ ތެރެއިން ގިނަ ބަޔަކު އިސްލާމްދީން ޤަބޫލުކޮށް، އެމީހުންގެ ސަގާފަތް ބަލައިގަންނަން ފެށިއެވެ. އޭގެފަހުން އެތައް ޤަރުނެއް ވޭތުވެގެން ދިޔައިރު، ވެރިކަމުގެ އެކި ދައުރުތަކުގައި އެ ސަރަޙައްދުގައި އިސްލާމްދީން އިތުރަށް ވަރުގަދަވެ، އެ ސަރަޙައްދުގެ ޤާނޫނީ ނިޒާމުތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، ޢިމާރާތްތައް ފަރުމާކުރާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނުވިއެވެ.

މިޤައުމަކީ މުސްލިމް އާބާދީ ބޮޑު ގައުމެއް ނަމަވެސް، އެހެނިހެން ދީންތަކަށް ނިސްބަތްވާ މަދު އަދަދެއްގެ މީހުންވެސް މިޤައުމަށް ނިސްބަތްވެއެވެ. އޭގެތެރޭގައި ތެރޭގައި ކްރިސްޓިއަނުންނާއި ޔަހޫދީން ހިމެނޭ ގޮތަށް، އާބާދީގެ 1 އިންސައްތައަށްވުރެ މަދު އަދަދެއް އެކުލެވެއެވެ.

އަލްޖީރިއާގެ ޤާނޫނު އަސާސީގައި ވަނީ އިސްލާމްދީނަކީ ދައުލަތުގެ ދީން ކަމުގައި ކަނޑައަޅާފައެވެ. އަދި އިސްލާމީ އުޞޫލުތަކުން އެ ޤައުމުގެ ޤާނޫނީ އަދި ތަޢުލީމީ ނިޒާމުތަކަށް ބޮޑު ޙިއްސާއެއް ކުރެއެވެ.

2022 ވަނަ އަހަރުގެ މެދުތެރޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އަލްޖީރިއާގެ އާބާދީއަކީ ގާތްގަނޑަކަށް 44.2 މިލިއަން މީހުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ މެޑިޓަރޭނިއަން ކަނޑާ ވީ ފަރާތުގެ ސަރަޙައްދުތަކުގައެވެ. އަދި ޝަހަރުތަކުގެ ތަރައްޤީގެ ތެރޭގައި ދިރިއުޅޭ އާބާދީގެ މިންވަރު 70 އިންސައްތައަށްވުރެ މައްޗެވެ.

އަލްޖީރިއާގެ އިޤްތިޞާދު ބޮޑަށް ބަރޯސާވެފައިވަނީ ހައިޑްރޯކާބަން ދާއިރާއަށެވެ. ތެޔޮ އަދި ގުދުރަތީ ގޭހުގެ އެކްސްޕޯޓުން ޤައުމީ އާމްދަނީގެ ބޮޑު ބައެއް ލިބެއެވެ. މި ހައިޑްރޯކާބަންތަކަށް މިހާ ބޮޑަށް ބަރޯސާވެފައިވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުވެއެވެ. ފަހަކަށް އައިސް، ސަރުކާރުން ވަނީ ދަނޑުވެރިކަމާއި، އުފެއްދުންތެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކޮށް، އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ސިންދަފާތު ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތްތައް ކުރަމުންދާއިރުވެސް، ވަޒީފާ ނެތުމުގެ މައްސަލައަކީ އަދިވެސް ގޮންޖެހުމެކެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައެވެ. މިކަމުގެ ސަބަބުން އިޤްތިޞާދީ އިޞްލާޙުތައް ގެނައުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ވުނަކުރުން މުހިންމުވެއެވެ.

ޓެގް

އަލްޖީރިއާ ގައުމު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.