މަޢުލޫމާތު ދަތްކޮށްޓާ އިލޮށިކޮޅު
މަޢުލޫމާތު

ދަތްކޮށްޓާ އިލޮށިކޮޅު

toothpicks-2.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދަތްކޮށްޓާ އިލޮށިކޮޅަކީ އާދައިގެ، ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، މީގެ ތާރީޚު އެތައް ހާސް އަހަރަކަށް ދެމިގެންދެއެވެ. ޒަމާނީ ދަތުގެ ފަރުވާތައް ތަޢާރަފުވުމުގެ މާ ކުރިންވެސް، ދަތްތައް ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަން އިންސާނުންނަށް ވިސްނިފައިވެއެވެ. އެގޮތުން، އަމިއްލަ ސާފުތާހިރުކަމަށްޓަކައި އިންސާނުން އެންމެ ފުރަތަމަ ބޭނުންކުރަން ފެށި އެއްޗަކީ މި އިލޮށިކޮޅެވެ. މި އުފެއްދުމުން ދޭހަކޮށްދެނީ، އަނގައިގެ ސިއްހަތާއި ސާފުތާހިރުކަން ދެމެހެއްޓުމަށް އިންސާނުން ކުރަމުން އައިސްފައިވާ ދިގު މުއްދަތުގެ މަސައްކަތެވެ.

ދަތްކޮށްޓާ “ދަނޑި” އެންމެ ކުރިން ބޭނުންކޮށްފައިވަނީ ގަދީމީ މިޞްރުގެ މީހުންނާއި، ރޯމަނުންނާއި، އަދި މެސޮޕޮޓޭމިއާގެ މީހުން ފަދަ އިހުގެ ހަޟާރާތްތަކުގައެވެ. އެ ޒަމާނުގައި މި ތަކެތި އުފައްދާފައިވަނީ ޤުދުރަތީ މާއްދާތައް ކަމަށްވާ ލަކުޑި، ކަށި، ދޫނީގެ ފަތް، އަދި ދަގަނޑުގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. އާސާރީ ހޯދުންތަކުން ދައްކާގޮތުގައި، ދަތްތަކުގެ ދޭތެރޭގައި ތާށިވެފައި ހުންނަ ކާނާގެ އެތިކޮޅުތައް ނެގުމަށްޓަކައި، ކޮޅު ތޫނުކޮށް ހުންނަ ހިމަ އެއްޗެހި އޭރުގެ މީހުން ބޭނުންކޮށްފައިވެއެވެ. މިއީ ދަތުގެ ޞިއްޙަތަށް ސަމާލުކަން ދިނުމަކީ ޤަދީމީ ޒަމާނުގައިވެސް ނުހަނު އަހައްމިއްޔަތުކަން ދެވުނު ކަމެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ.

އަޅުގަނޑުމެންނަށް މިއަދު ފެންނަން ހުރި ޒަމާނީ ލަކުޑި ދަތްކޮށްޓާ ދަނޑި މަގުބޫލުވާން ފެށީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. ޕޯޗުގަލްގެ މޮންޑޭގޯ ވާދީގައި އުޅުނު މަސައްކަތްތެރިން، ފެންވަރު ރަނގަޅު ލަކުޑި ދަތްކޮށްޓާ އިލޮށި އުފައްދަން ފެށިއެވެ. އޭގެ ފަހުން، މި އުފެއްދުން އެމެރިކާއަށް ތައާރަފުވެ، ވިޔަފާރިވެރިންނަށް މީގެ ވިޔަފާރީގެ ފައިދާ ފެންނަން ފެށިއެވެ. މިގޮތުން، ޗާލްސް ފޯސްޓަރ ފަދަ ބޭފުޅުން، ގިނަ ޢަދަދަކަށް ދަތްކޮށްޓާ އިލޮށި އުފައްދައި، ހެޔޮ އަގުގައި އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މީގެ މަޤުބޫލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

މިއަދު ދަތްކޮށްޓާ އިލޮއްޓަކީ ހަމައެކަނި ދަތް ސާފުކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ކާތަކެތި ތައްޔާރުކުރުމުގައާއި، ސާވްކުރުމުގައި ބޭނުންކުރުމުގެ އިތުރުން، ތަފާތު އަތްތެރި މަސައްކަތްތަކުގައި ވެސް މީގެ ބޭނުން ހިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރެސްޓޯރެންޓްތަކާއި، ގޭބިސީތަކާއި، އަދި އެކި ހަފުލާތަކުގައި މިއީ އާންމުކޮށް ފެންނަ އެއްޗެކެވެ. މިއީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް، ދިރިއުޅުމުގެ ކަންކަމުގައި މީގެ ބޭނުންތެރިކަން ނުހަނު ބޮޑެވެ.

ދަތްކޮށްޓާ އިލޮށި އުފެދިގެން އައި ގޮތުން ހާމަވަނީ، އެންމެ އާދައިގެ ޚިޔާލުތަކަކީ ވެސް ދާއިމީ އަދި މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ކަންކަން ކަމެވެ. ގަދީމީ ޒަމާނުގެ އާލާތްތަކުން ފެށިގެން މިއަދުގެ ޒަރޫރީ ބޭނުންތަކާ ހަމައަށް، ދަތްކޮށްޓާ ދަނޑިއަކީ އަމަލީ ގޮތުން ބޭނުންތެރި، އަދި ކުޑަ ޢީޖާދަކުން ވެސް ބޮޑު ތަފާތެއް ގެނެވިދާނެކަމުގެ ރަމްޒެކެވެ.

ޓެގް

އާމު ދިރިއުޅުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.