އާދަޔާޚިލާފު ޕާކިސްތާނު މީހަކު ބޮޑުވައި އިނގިލީގެ 66 ޕުޝްއަޕް އެއް މިނެޓު ތެރޭގައިހަދައިގެން ދުނިޔޭގެ ރެކޯޑު ފޮތަށް
އާދަޔާޚިލާފު

ޕާކިސްތާނު މީހަކު ބޮޑުވައި އިނގިލީގެ 66 ޕުޝްއަޕް އެއް މިނެޓު ތެރޭގައިހަދައިގެން ދުނިޔޭގެ ރެކޯޑު ފޮތަށް

Pakistani-man-performs-66-thumb-pushups-in-one-minute.jpg

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/0:58

އެއް ފައި މައްޗަށް ހިއްލައިގެން އޮވެ، އެއް މިނެޓު ތެރޭގައި ބޮޑުވައި އިނގިލީގެ 66 ޕުޝްއަޕް ހަދައިގެން ޕާކިސްތާނުގެ އެތުލީޓަކު ތިންވަނަ ފަހަރަށް ގިނިސް ވޯލްޑް ރެކޯޑް މުގުރާލައިފިއެވެ.

ކުޅިވަރުގެ ތަފާތު ރެކޯޑުތަކުގެ ތެރެއިން 14 އަށްވުރެ ގިނަ ގިނިސް ވޯލްޑް ރެކޯޑް ޙާޞިލްކޮށްފައިވާ މުޙައްމަދު އަރުޝަދު މި ޝަރަފުވެރި ވަނަ ތިންވަނަ ފަހަރަށް ކާމިޔާބުކުރީ 2025 ވަނަ އަހަރުގެ މެއި މަހު ކަމަށް ރެކޯޑްތައް ބަލަހައްޓާ އިދާރާއިން ހާމަކޮށްފައިވެއެވެ.

“ބޮޑުވައި އިނގިލީގެ އެހީގައި ޕުޝްއަޕް ހެދުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ، އަދި އާދަޔާޚިލާފު ބާރާއި، ހަށިގަނޑު ހިފެހެއްޓުމުގެ ގާބިލުކަމާއި، ނަފްސާނީ ހިތްވަރު ބޭނުންވާ ވަރަށް އުނދަގޫ ކަމެއް،” އަރުޝަދު ގިނިސް ވޯލްޑް ރެކޯޑްސްއަށް މަޢުލޫމާތު ދެމުން ބުންޏެވެ. “މި ކަސްރަތުގެ ހުރި ތަފާތުކަމަކީ އަހަރެން މިކަމަށް ޝައުގުވެރިވި މައިގަނޑު ސަބަބު.”

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، ތަމްރީނުތަކުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއް ފައި 90 ޑިގްރީއަށް ލަންބާލައިގެން އޮވެ، ބޮޑުވައި އިނގިލީގެ މައްޗަށް ހަށިގަނޑުގެ ބަރުދަން ދޫކޮށްލައިގެން ހަމަހިފެހެއްޓުމެވެ.

“ވަގުތު ކުޑަވެފައި ހަށިގަނޑު ވަރުބަލިވަމުންދާއިރުވެސް، ހަމަހިފެހެއްޓުމާއެކު ފައި 90 ޑިގްރީގައި ބެހެއްޓުމުގެ މިންގަނޑު ހިފެހެއްޓުމަކީ އިންތިހާއަށް އުނދަގޫ ކަމެއް،” އޭނާ ބުންޏެވެ. “ކުޑަކުޑަ ގޯހެއް ހެދުނު ނަމަވެސް މުޅި މަސައްކަތް ބާޠިލުވުމުގެ ފުރުޞަތު އޮވޭ.” އޭނާ އިތުރަށް ބުނެފައިވެއެވެ.

ޓެގް

ހުނަރު ޕާކިސްތާން ތަފާތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.