މަޢުލޫމާތު ސްކައުޓް ހަރަކާތުގެ ފެށުމާއި ކުރިއެރުން
މަޢުލޫމާތު

ސްކައުޓް ހަރަކާތުގެ ފެށުމާއި ކުރިއެރުން

Scout 1 .jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްކައުޓް ޙަރަކާތަކީ މިއަދު ދުނިޔޭގައި އޮތް އެންމެ ބޮޑު އަދި ޒުވާނުންގެ އެންމެ ނުފޫޒުގަދަ އިޖުތިމާއީ ޙަރަކާތެވެ. ކުދިންގެ ކިބައިގައި އަޚުލާގީ ރަނގަޅު ސިފަތައް އަށަގެންނެވުމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް، ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކުރާ މި ޙަރަކާތަކީ މުހިންމު ތާރީޚެއް އޮތް ކަމެކެވެ.

މި ހަރަކާތުގެ ބާނީއަކީ އިނގިރޭސިވިލާތުގެ މީހެއް ކަމުގައިވާ ރޮބަޓް ސްޓެފަންސަން ސްމިތު ބޭޑަން ޕަވަލް އެވެ. އޭނާ ސްކައުޓް ޙަރަކާތް ފެއްޓެވީ 1907 ވަނަ އަހަރުއެވެ. ބޭޑަން ޕަވަލްވަނީ މި ޙަރަކާތުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް “ސްކައުޓިން ފޯ ބޯއީސް” ގެ ނަމުގައި ފޮތެއްވެސް ލިޔުއްވާފައެވެ. މި ފޮތުގެ 100-150 މިލިއަން ކޮޕީ ވަނީ ވިކިފައެވެ. މި ޙަރަކާތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އަވަހަށް މަޤުބޫލުވެ، ފެތުރިގެން ދިޔައެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ރަސްމީކޮށް ފެށުނީ 1956 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައެވެ. ފަސްޓް މާލެ ސްކައުޓް ގުރޫޕްގެ ގޮތުގައެވެ. އޭރު ރާއްޖޭގައި ސްކައުޓް ހިންގަމުންދިޔައީ އިނގިރޭސި ވިލާތުގެ ކައުންޓީއެއްގެ ގޮތްޕެއްގެ ގޮތުގައި، ލަންޑަންގައި ހުންނަ އިމްޕީރިއަލް ސްކައުޓް ހެޑްކުއާޓަރުގައި ރަޖިސްޓްރީ ކޮށްގެންނެވެ. ސްކައުޓް ޙަރަކާތް ހިންގައި ބަލަހައްޓާނެ އެސޯސިއޭޝަނެއް އޭރަކު ރާއްޖެއަކު ނުހުރެއެވެ. ފަހުން ރާއްޖެއިން ވަނީ ދުނިޔޭގެ ސްކައުޓް ޖަމިއްޔާގެ މެންބަރަކަށް ވެފައެވެ. އޭރު، ސްކައުޓް ޙަރަކާތް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރިއަށްގެންދަން ފެށުނެވެ. އެގޮތުން، ޤައުމީ ފެންވަރުގައި ޖަމްބޮރީތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކައުޓުންނަށް ބޭއްވެމުން ދިޔައެވެ. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަދި ގިނަ ސްކޫލްތަކެއްގައި މި ޙަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާވެ ޒަމާނީ ބަދަލުތަކެއްވެސް އައިސްފައެވެ.

ސްކައުޓް ހަރަކާތުގެ ސަބަބުން ކުދިންނަށް ގިނަގުނަ ފުރުޞަތުތަކެއް ލިބިގެންދެއެވެ. މީގެ ތެރޭގައި ތަފާތު ހުނަރުތައް ދަސްކުރުމާއި، އެހެން މީހުންނަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމާއި، ކޭމްޕްތަކުގައި ބައިވެރިވެ އަމިއްލައަށް ކަންކަން ކުރަން ދަސްވުމާއި، އާއްމު ދިރިއުޅުމުގައި ބޭނުންވާނެ ހުނަރުތައް ދަސްވުން ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޖަމްބޮރީތަކުގައި ބައިވެރިވެ، ތަފާތު ގައުމުތަކުގެ ކުދިންނާ ބައްދަލުވެ، އެކި ޘަޤާފަތްތައް ދަސްކުރުމުގެ ފުރުޞަތުވެސް ލިބެއެވެ.

މިއަދު ސްކައުޓް ޙަރަކާތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާއި ސަރަހައްދުއްގައި ފެތުރިފައިވާ، 57 މިލިއަނަށްވުރެ ގިނަ މެންބަރުން ހިމެނޭ ބޮޑު ޙަރަކާތެކެވެ. މިއީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. މިއީ ދުނިޔޭގެ ސުލްހައަށާއި، ތިމާވެށި ހިމާޔަތްކުރުމަށާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ތައްޔާރުކުރެވޭ ބޮޑު ލަޝްކަރެކެވެ. ސްކައުޓް ޙަރަކާތުގެ މަޤުޞަދަކީ ކޮންމެ ކުއްޖަކީވެސް “އަބަދުވެސް ތައްޔާރަށް” ހުންނަ، ގައުމަށް ފައިދާހުރި މީހަކަށް ހެދުމެވެ.

ޓެގް

ތާރީޚު ހުނަރު ގުޅުން އިޖުތިމާޢީ ސްކައުޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.