އާދަޔާޚިލާފު ދުނިޔޭގެ އެންމެ ހަލުވި ރޭލާއެކު – ދަތުރުފަތުރުގެ ދާއިރާއަށް އައު އިންގިލާބެއް!
އާދަޔާޚިލާފު

ދުނިޔޭގެ އެންމެ ހަލުވި ރޭލާއެކު – ދަތުރުފަތުރުގެ ދާއިރާއަށް އައު އިންގިލާބެއް!

210721013623-01-china-fastest-maglev-train-intl-hnk.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/1:41

ޒަމާނީ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި، ދުނިޔޭގެ އެންމެ ހަލުވި ރޭލު ނިޒާމުން ދަނީ ބާރުމިނާއި، ހިންގުންތެރިކަމާއި، އަދި އައު އީޖާދުތަކުގެ އައު މިންގަނޑުތަކެއް ޤާއިމު ކުރަމުންނެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ ހަލުވި ވިޔަފާރި ރޭލުގެ ޝަރަފު ހޯދާފައިވާ “ޝަންހާއީ މެގްލެވް” ރޭލަށް ގަޑިއަކު 460 ކިލޯމީޓަރުގެ ހައިރާންކުރުވަނި ބާރުމިނެއްގައި ދަތުރުކުރެވެއެވެ. މި ރޭލުގެ ސަބަބުން ޝަންހާއީ ޕުޑޮންގް އިންޓަނޭޝަނަލް އެއާޕޯޓާއި ސިޓީ ސެންޓަރާ ދެމެދު ކުރާ ދަތުރު މަދު މިނެޓުކޮޅެއްގެ ތެރޭގައި ނިންމާލެވެއެވެ.

އާދައިގެ ރޭލުތަކާ ޚިލާފަށް، ޝަންހާއީ މެގްލެވްގައި ބޭނުންކޮށްފައިވަނީ ކުރިއަރާފައިވާ “މެގްނެޓިކް ލެވިޓޭޝަން” ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީގެ އެހީގައި ރޭލު ދަތުރުކުރަނީ ދަގަނޑުތަކުގެ މަތީގައި ފްލޯޓްވާ ހާލަތުގައެވެ. މީގެ ސަބަބުން ދަގަނޑާއި ރޭލާ ދެމެދު އުފެދޭ ފްރިކްޝަން ނުވަތަ ކޭތުން ނެތިގޮސް، އާދަޔާ ހިލާފު ބާރުމިނެއްގައި ދަތުރުކުރުމުގެ ފުރުޞަޠު ލިބުމުގެ އިތުރުން، ފަސިންޖަރުންނަށް އެއްވެސް ލޮޅުމެއް ނެތް، އޮމާން އަދި ހިމޭން ދަތުރެއް ކަށަވަރުކޮށްދެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ދަނީ މިއަށްވުރެވެސް ހަލުވި ރޭލު ނިޒާމުތައް ފަރުމާކުރުމަށް ވާދަކުރަމުންނެވެ. އެގޮތުން، ޖަޕާނުން ދަނީ އެ ގައުމުގެ މެގްލެވް ސީރީޒް ޓެސްޓުކުރަމުންނެވެ. މި ރޭލު ވަނީ ޓެސްޓު ދަތުރުތަކުގައި ގަޑިއަކު 600 ކިލޯމީޓަރަށްވުރެ ބާރަށް ދަތުރުކޮށް ރެކޯޑު ޤާއިމު ކޮށްފައެވެ. ހަމައެއާއެކު، ޗައިނާއިންވެސް ދަނީ ހައި-ސްޕީޑް ރޭލު ނެޓްވޯކްތަކަށް ބޮޑެތި ވުނަތަކެއް ކުރަމުންނެވެ. އެ ޤައުމުގެ އަމާޒަކީ އައު ޕްރޮޓޯޓައިޕްތަކާއެކު މި ދާއިރާގެ ރެކޯޑުތައް އިތުރަށް އައުކުރުމެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި، މިފަދަ އާދަޔާ ޚިލާފު ބާރުމިނުގައި ދަތުރުކުރާ ރޭލު ނިޒާމުތަކަކީ ވައިގެ ދަތުރުފަތުރަށް އޮތް ތިމާވެއްޓާ ރައްޓެހި ބަދަލެކެވެ. މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރެވޭއިރު، ދަތުރުފަތުރުގެ ހަލުވިކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓޭނެއެވެ. ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކާއެކު، ރޭލު ދަތުރުފަތުރުގެ ކުރިމަގު ފެންނަނީ މިއިން ދުވަހަކުވެސް ނުފެންނަހާ ހަލުވިކޮށް އަދި ފޯރިގަދަކޮށެވެ.

ދުނިޔޭގެ ޤައުމުތަކުން ބާރުމިނުގެ ރެކޯޑުތައް މުގުރާލުމަށް ވާދަކުރަމުންދާއިރު، އެއް ކަމެއް ވަރަށް ސާފެވެ. އެއީ އެންމެ ހަލުވި ރޭލު އުފެއްދުމުގެ މި ވާދަވެރިކަމަކީ ހަމައެކަނި ދުވެލި ބާރުކުރުމެއް ނޫނެވެ. އެއީ ދުނިޔޭގެ މުސްތަގުބަލުގެ ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ޓެގް

ހަލުވި ދަތުރުފަތުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.