މަޢުލޫމާތު ވައިޓްބޯޑު – ކިޔަވައިދިނުމަށް އައި ބޮޑު އިންޤިލާބެއް
މަޢުލޫމާތު

ވައިޓްބޯޑު – ކިޔަވައިދިނުމަށް އައި ބޮޑު އިންޤިލާބެއް

Traditional-Whiteboard-Education.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކިޔަވައިދޭ ކިލާސް ރޫމުތަކާއި އޮފީސްތަކުން މިހާރު ވަނީ ޗޯކު ކުނޑީގެ ބަދަލުގައި، އޮމާންކޮށް ފޮހެލެވޭ ފަދަ އެއްޗެއް ބޭނުންކުރަން ފަށާފައެވެ. މިއީ “ވައިޓްބޯޑު” ނުވަތަ ހުދު ބޯޑުގެ އީޖާދާއެކު އައި ބަދަލެކެވެ. އެތައް ގަރުނެއް ވަންދެން ކިޔަވައިދިނުމުގައި ކަޅުބޯޑު ރަސްކަން ކުރި ނަމަވެސް، ވައިޓްބޯޑު ފާހަގަވެގެން ދިޔައީ ސާފުތާހިރު އަދި ގިނަގުނަ ބޭނުންތަކަށް ފަސޭހަ ވަޞީލަތެއްގެ ގޮތުގައެވެ. މިއީ އަހަރެމެންގެ ޚިޔާލުތައް ފާޅުކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނުވި އީޖާދެކެވެ.

ވައިޓްބޯޑުގެ ފެށުން ގުޅިފައިވަނީ 1950 އާއި 1960 ގެ އަހަރުތަކާއެވެ. މި ބޯޑުގެ ކުރީގެ މޮޑެލްތައް އުފައްދާފައިވަނީ ތަފާތު އެކި ޢީޖާދުވެރިންނެވެ. އެމީހުންގެ މަޤުޞަދަކަށްވީ ޗޯކު ބޭނުންކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާއި ހަޑިވުމުން ސަލާމަތްވެވޭނެ، އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފަދަ ލިޔަނެ ބޭނުންކުރާ އެއްޗެއް އުފެއްދުމެވެ. މިކަމުގެ އިސް ސަފުގައި ހިމެނޭ އެމެރިކާގެ އީޖާދުވެރިޔާ މާޓިން ހައިޓް، 1966 ވަނަ އަހަރު ޒަމާނީ ވައިޓްބޯޑު ޢާންމުންގެ ތެރޭގައި މަޤުބޫލުކޮށްދިން މީހެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އޭނާ ފަރުމާކުރި ބޯޑަކީ މާކަރުން ލިޔެފައި ވަރަށް ފަސޭހައިން ފޮހެލެވޭ ކަހަލަ އޮމާންކަމެއް ހިމެނޭ ބޯޑެކެވެ. މިއީ ކިޔަވައިދޭ ކިލާސްތަކާއި، އޮފީސްތަކާއި އަދި ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކަށް އެންމެ އެކަށީގެންވާ ވަޞީލަތަކަށް ވެގެންދިޔައެވެ.

މީގެ ނަތީޖާ ފެނިގެންދިޔައީ ވަރަށް އަވަހަށެވެ. މުދައްރިސުންނާއި ލެކްޗަރަރއިންނަށް ޗޯކު ކުނޑީގެ އުނދަގުލަކާ ނުލައި ލިޔުމާއި، ފޮހެލުމާއި އަދި އަލުން ލިޔުމުގެ ފުރުޞަޠު ލިބިގެންދިޔައެވެ. ހަމައެއާއެކު، ދަރިވަރުންނަށްވެސް މިއީ ބަލައިލަން ފަސޭހަ، ޝައުގުވެރި ތަޖުރިބާއަކަށް ވިއެވެ. މީގެ އިތުރުން ވައިޓްބޯޑުގެ ސަބަބުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާވިއެވެ. ވަގުތުން ވަގުތަށް ޚިޔާލުތައް ކުރަހައި، މަޝްވަރާކޮށް، އަދި އިޞްލާހުކުރުމުގެ ފުރުޞަޠު ލިބިގެންދިއުމުން، މިއީ ޒަމާނީ ތަޢުލީމާއި ވިޔަފާރީގެ މުޢާމަލާތްތަކުގެ މުހިންމު ބިންގަލަކަށް ވެގެންދިޔައެވެ.

މި ޢީޖާދުގެ ކުރިއެރުން މިހިސާބުން ހުއްޓައެއް ނުލައެވެ. ދުވަސްތައް ފާއިތު ވަމުންދިޔަ ވަރަކަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ “އިންޓަރެކްޓިވް ޑިޖިޓަލް ވައިޓްބޯޑު” ތައް ބާޒާރަށް ތަޢާރަފުވިއެވެ. މިއަދު، ކުދި ކްލާސްރޫމްތަކުން ފެށިގެން ބޮޑެތި ކުންފުނިތަކުގެ ބޯޑްރޫމްތަކާ ހަމައަށް، ހުރިހާ ތަނެއްގައިވެސް ވައިޓްބޯޑަކީ ކޮންމެހެން ބޭނުންތެރި ވަޞީލަތަކަށް ވަނީ ވެފައެވެ.

ފަސޭހަކަމުގެ އިތުރުން، ވައިޓްބޯޑުން ރަމްޒުކޮށްދެނީ ވިސްނުމަށް އައި ބޮޑު ބަދަލެކެވެ. އެއީ ސާފުކަމާއި، އަދި އުފެއްދުންތެރިކަމަށް ދެވޭ އަހަންމިއްޔަތެވެ. މިއީ ހަމައެކަނި ކިޔަވައިދިނުމުގައި ބޭނުންކުރާ އާލާތެއް ނޫނެވެ. މިއީ ކުދިކުދި ޢީޖާދުތަކުގެ ސަބަބުން އަހަރެމެން މުޢާމަލާތްކުރާ ގޮތާއި، އުނގެނޭ ގޮތާއި، އަދި ގުޅިގެން މަސައްކަތްކުރާ ގޮތަށް އަންނަ ބޮޑެތި ބަދަލުތަކުގެ ހެއްކެކެވެ.

ޗޯކު ކުނޑީގެ ތެރެއިން އުފަންވެ، އޮމާންކަމާއި ސާފުކަމުގެ ތެރެއިން ފެންނަ މި ޢީޖާދު، ވައިޓްބޯޑުގެ ސިފައިގައި މިއަދުވެސް ދަނީ އާ ތާރީޚެއްލިޔަމުންނެވެ.

ޓެގް

ތަޢުލީމު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.