ޚަބަރު އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގެ ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައި އުޞޫލު ޢާންމުކޮށްފި
ޚަބަރު

އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގެ ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައި އުޞޫލު ޢާންމުކޮށްފި

EXPO 2025 pic.jpeg

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026، މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށްވުރެ ފުޅާ ދާއިރާއެއްގައި ބޭއްވުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. 

ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެކެވެ. ތަފާތު ގިނަ ޙަރަކާތްތަކަކާއެކު 5 ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މަޢުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.

މި މަޢުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބިޒްނަސް ސެންޓަރ ކޯޕްރޭޝަންގެ ހޮޓްލައިން 3305555 އާ ގުޅުއްވުމުން ބޭނުންފުޅުވާ އިތުރު މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޓެގް

އުފެއްދުންތެރިކަން މައުރަޒު ބީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.