އާދަޔާޚިލާފު ދެމަފިރިންގެ ސިފަ އެއްގޮތްކަމުން، އެއީ އެއްމާބަނޑު ދެބެއިން ކަމަށް ގިނަ ބަޔަކަށް ހީވާން ފަށައިފި
އާދަޔާޚިލާފު

ދެމަފިރިންގެ ސިފަ އެއްގޮތްކަމުން، އެއީ އެއްމާބަނޑު ދެބެއިން ކަމަށް ގިނަ ބަޔަކަށް ހީވާން ފަށައިފި

ދެމަފިރިންގެ ސިފަ އެއްގޮތްކަމުން، އެއީ އެއްމާބަނޑު ދެބެއިން ކަމަށް ގިނަ ބަޔަކަށް ހީވާން ފަށައިފި
ސިފަ އެއްގޮތްކަމުން މަޝްހޫރުވެފައިވާ ދެމަފިރިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/1:41

ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސަށް ނިސްބަތްވާ ޒުވާން ދެމަފިރިއެއްގެ ސިފަ އެއްގޮތްކަމުން، އެއީ ކުޑައިރު އާއިލާއާ ވަކިވެފައިވާ ދެބެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަން ފަށައިފިއެވެ.

ލިއަންގް ކައިޔޫ އަދި ހީ ޝިއަންޝެން އަކީ ގުއަންޑޮންގްގެ ޑޮންގުއާންގައި ހަކީމީ ބޭސްފިހާރައެއް ހިންގާ ދެމަފިރިންނެވެ. އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ މި ދެމަފިރިންނަކީ ޒަމާނުއްސުރެ ހަކީމީ ބޭސްވެރިކަމުގެ ތަޖުރިބާހުރި އާއިލާތަކަކަށް ނިސްބަތްވާ ބައެއް ނަމަވެސް، އެމީހުންގެ ވިޔަފާރި ފުޅާވެގެންދިޔައީ "ޑައުޔިން" (ޗައިނާގައި ބޭނުންކުރާ ޓިކްޓޮކް) މެދުވެރިކޮށް ވީޑިއޯތައް އާންމުކުރަން ފެށި ހިސާބުންނެވެ. ދެމީހުންގެ ސިފަ އެއްގޮތްކަން ފާހަގަވުމުން، އެކަން އިތުރަށް ބޮޑަށް ދެއްކުމަށްޓަކައި އެއްގޮތް ހެދުން އަޅައިގެން މަޖާ ވީޑިއޯތަކެއް ކުޅުމަށް ލިއަންގް އޭނާގެ ފިރިމީހާއަށް ބާރުއެޅިއެވެ. މިއަދު މި ވީޑިއޯތަކަކީ އެމީހުންގެ ވިޔަފާރި އިޝްތިހާރު ކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ.

003.jpg

ލިއަންގް ބުނި ގޮތުގައި ފުރަތަމަ ބައްދަލުވިއިރު އެ ދެމީހުންގެ ސިފަ އެއްގޮތް ކަމަކަށް އޭނާއަކަށް ފާހަގައެއް ނުކުރެވެއެވެ. "ނަމަވެސް، އެތައް އަހަރެއްވަންދެން އެކުގައި ދިރިއުޅުމަށްފަހު، ދެމީހުންގެ ސިފަ އެއްގޮތްވަމުންދާކަން މަޑުމަޑުން ފާހަގަވާން ފެށީ. ވޭތުވެދިޔަ ދެ އަހަރު ދުވާލަކު 24 ގަޑިއިރު ކަހަލަ ގޮތަކަށް އަހަރެމެން މި އުޅެނީ އެކުގައި. މަސައްކަތުގައާއި، ކެއުމުގައާއި އަދި ނިދުމުގައިވެސް. އަހަންނަށް ހީވަނީ އަހަރުމެން ދެމީހުން އެއްގޮތްވަމުން މިދަނީ އެ ސަބަބާ ހުރެ ކަމަށް،" އޭނާ ކިޔައިދިނެވެ.

ހީ އަކީ ގުދުރަތީ ގޮތުން ލަދުވެތި މިޒާޖެއްގެ މީހެއް ނަމަވެސް، އަނބިމީހާގެ ވީޑިއޯތަކުގައި ބައިވެރިވުމަށް އޭނާ އެއްބަސްވިއެވެ. އަދި ދެމީހުންގެ ސިފަ އެއްގޮތްކަން ދެއްކުމަށްޓަކައި އަންހެން ހެދުން އަޅައިގެންވެސް އޭނާ ވީޑިއޯތަކުގައި ފެނިގެންދެއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، މި ތަފާތު ދެމަފިރިންގެ ވީޑިއޯތައް ބެލުމަށްޓަކައި ގިނަ ބަޔަކު އެމީހުންގެ ޕޭޖަށް ފޮލޯކުރަން ފެށިއެވެ.

002.png

މި ދެމަފިރިންގެ ސިފަ ހައިރާންވާހާ މިންވަރަށް އެއްގޮތްވުމުގެ ސަބަބުން، ޗައިނާގެ ސޯޝަލް މީޑިއާގައި މި ޚަބަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ގިނަ ބަޔަކު ސުވާލު އުފައްދަނީ އެއީ ދެމަފިރިންގެ ބަދަލުގައި އެއްމާބަނޑު ދެބެން ނޫންބާއޭ ބުނެއެވެ.

މިކަމާ ގުޅިގެން މީހަކު ކުރި ކޮމެންޓެއްގައި ވަނީ، "ޑީއެންއޭ ޓެސްޓެއް ހަދަންވީނު؟ ހަމަ އަސްލަށްވެސް ތިއީ ކުރިން ވަކިވެފައިވާ ދެބެންނަށް ވެދާނެ،" މިހެންނެވެ. އަދި އެހެން މީހަކު ބުނި ގޮތުގައި، "އެމީހުން ހަމައެކަނި ވައްތަރީއެއް ނޫން، އެއީ މުޅިން އެކައްޗެއް. ދަތްދޮޅި ދަށުގައި ހުންނަ ރޫތައްވެސް ހުރީ ހަމަ އެއްގޮތަށް،" ކަމަށެވެ.

ޓެގް

ޗައިނާ ތަފާތު ދެމަފިރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.