އެމޭޒަން ޖަންގަލީގެ ތެރެއިން ދަތުރުކޮށް އެޖަންގަލީގެ ދިރުންތައް ދެކިލަންދާ މީހުންނަށް ޙައިރާންކުރުވަނިވި މަންޒަރެއް ފެންނާނެއެވެ. އެއީ އެބޮޑު ޖަންގަލީގެ ތެރެއިންލާފައި ފެންދައުރުވާގޮތަށް އޮންނަ ފެންކޯރުތަކުގައި ދިރިއުޅޭ ކަހަނބުތަކުގެ ބޯމަތީގައި އުދުހިއުޅޭ ކޮކާތައް އެއުޅޭ ގޮތުންނެވެ. ކޯރުގައި ދިރިއުޅޭ "ޔެލޯ ސްޕޮޓަޑް ޓަރޓްލްސް" އޭކިޔޭ ބާވަތުގެ ކަހަނބުތައް އެއްގަމަށް އަރާ ތިބޭ ވަގުތުތަކުގައި އެސޮރުމެންގެ ބޯކައިރީގައި އުދުހިއުޅޭ ކޮކާތަކުގެ މަޤުޞަދަކީ އެ ކަހަނބުތަކުގެ ލޮލުގައި އުފެދި ފައިބާ ކަރުނައިގެ ތިކިތައް ބުއިމެވެ. މިއީ އެކޮކާތަކުގެ ހަށިގަނޑަށް ބޭނުންވާ ސޯޑިއަމް ލިއްބައިދެނިވި ވަޞީލަތެކެވެ. ކޮންމެ ދިރޭ މަޚްލޫޤަކަށްވެސް ދިރިހުރުމަށްޓަކައި ވަކި މިންވަރަކަށް ސޯޑިއަމް ބޭނުންވެއެވެ. ނަމަވެސް އެމޭޒަން ޖަންގަލީގެ އެހިސާބަކީ ކަނޑުގެ ލޮނުގަނޑާ އެއްހާސް މޭލު ދުރުގައިވާ ސަރަހައްދަކަށް ވެފައި ވާރޭ ވެހޭލެއް ގިނަވުމުގެ ސަބަބުން ލޮނުގެ އަސަރު އެއްވެސް މިންވަރަކަށް އެކުލެވޭ ސަރަޙައްދެއް ނޫންކަމުން، އެސަރަޙައްދުން ސޯޑިއަމް އެކުލެވޭ އެއްވެސް ބާވަތެއްގެ މިނެރަލެއް ލިބުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން ސޯޑިއަމްގެ މިންވަރު އެކަށީގެންވާ ވަރަށް ހަށިގަނޑުގައި ބެހެއްޓުމަށްޓަކައި މި ކޮކާތަކަށް މިނޫން އެހެން ގޮތެއް ނެތެވެ. "ޔެލޯ ސްޕޮޓަޑް ޓަރޓްލްސް" އަކީ އޭގެ ކާނާގެ ގޮތުގައި މަސް ބޭނުންކުރާ އެއްޗެއްކަމުން، އެމަހުން އެސޮރުމެންނަށް ބޭނުންވާ ވަރަށް ސޯޑިއަމް ލިބެއެވެ. އެހެންނަމަވެސް ހަރބިވޯސް ނުވަތަ ފަތްޕިލާވެއްޔަށް އެކަނި ބަރޯސާ ވެގެން އުޅޭ އެހެން ޖަނަވާރުތަކަށް ޖެހެނީ އެހެން ގޮތްތައް ހޯދާށެވެ. އެގޮތުން ބައެއް ކޮކާތައް ޗަކަ ފެންގަނޑުގަނޑުންނާއި، ކޯރުތަކުގެ އައްސޭރިފަށުންނާއި ކަހަނބުގެ ކަރުނައިން ސޯޑިއަމްލިބޭތޯ މަސައްކަތް ކުރެއެވެ. މިގޮތަށް ސޯޑިއަމް ހޯދަނީ ހަމައެކަނި ކޮކާތައް ނޫންކަން އެކަން ދިރާސާކުރުމުގެ މަސައްކަތްކުރާ ޓޮރޭޒް ނަމަކަށް ކިޔާ މީހަކަށް ވަނީ މިހާތަނަށް ހޯދިފައެވެ. ކޮކާލުގެ އިތުުރުން އެހެނިހެން ކުދިކުދި ފަނިފަޚުސާތަކާއި ސޫފާސޫފިވެސް މިއުސޫލުން މިކަން ކުރާކަމަށްވެއެވެ. 2013 ވަނަ އަހަރު ކާލޮސް ޑިލާ ރޯސާ ކިޔާ އެކުއަޓިކް އިކޮލޮޖިސްޓަކަށް ފެނިފައިވާ ގޮތުގައި، ކޮކާލާއި މާބުރާއި ކުޅަނދުރުތަކެއް ސާފުފެނުގައި ދިރިއުޅޭ ކިނބުލެއް އެއްގަމަށް އަރާއޮއްވައި އޭގެ ލޮލުންވެސް ހަމަ އެގޮތަށް ކަރުނަ ބުއިމުގުގައި ހޭދަކުރިއެވެ. އެހެންކަމުން މިއީ ހަމައެކަނި ކޮކާލާއި ކަހަނބާ ދެމެދު އޮންނަ ގުޅުމެއް ކަމުގައި ނިންމޭކަށް ނެތެވެ. ކަހަނބާއި ކިނބުލަކީވެސް އެހެން ކުދި ސޫފާސޫފިތަކަށް ސޯޑިއަމް ލިއްބައިދެނިވި ވަޞީލަތެކެވެ.
ކަހަނބުގެ ކަރުނަ ކޮކާތަކަށް ވަރަށް މުހިންމު
ކިޔާލަން ހޭދަވާނީ 2 މިނިޓް
ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ
0:00/1:41
ކަހަނބުގެ ކަރުނަ ކޮކާތަކަށް ވަރަށް މުހިންމު
0:00
ޓެގް
މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން
Advertisement
Advertisement
Advertisement
ފަހުގެ
-
ކާރެއް ހުއްޓުވައި ފާސްކުރިއިރު 1،000 ޔޫރޯގެ ފެރެރޯ ރޯޝާ ޗޮކްލެޓް ފެނިއްޖެ
-
150 ބައިވެރިންނާއެކު "ވަރަ އެކްސްޕޯ" އިން 500 އަށްވުރެ ގިނަ ވަޒީފާގެ އަމާޒަށް
-
2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
-
ކޯ-ވޯކިންގ ސްޕޭސް: ފައިދާއާއި ދިވެހިރާއްޖޭގެ ތަޖުރިބާ
-
އޮންލައިންކޮށް އިލެކްޓްރޯނިކް ސާމާނު ގަތުމުގައި ސަމާލުވާންޖެހޭ ކަންތައްތައް
-
ބަހަކާއި ބަހުރުވައެއްގެ ތަފާތަކީ މިއީ
-
ބޮޑު މާސިންގާ މަތިމަހުގެ ސަބަބުން އަނގަވެސް ފޮރުވިފައި
-
ކެލިފޯނިޔާގައި އޮތް މިޔުޒިކު ޝޯއެއްގެ ތެރެއަށް ބަޑިޖަހައި ނުވަ މީހަކު ޒަޚަމްކޮށްލައިފި
ގުޅޭ ޚަބަރު
ކާރެއް ހުއްޓުވައި ފާސްކުރިއިރު 1،000 ޔޫރޯގެ ފެރެރޯ ރޯޝާ ޗޮކްލެޓް ފެނިއްޖެ
ކޯ-ވޯކިންގ ސްޕޭސް: ފައިދާއާއި ދިވެހިރާއްޖޭގެ ތަޖުރިބާ
އޮންލައިންކޮށް އިލެކްޓްރޯނިކް ސާމާނު ގަތުމުގައި ސަމާލުވާންޖެހޭ ކަންތައްތައް
ބަހަކާއި ބަހުރުވައެއްގެ ތަފާތަކީ މިއީ
ބޮޑު މާސިންގާ މަތިމަހުގެ ސަބަބުން އަނގަވެސް ފޮރުވިފައި
ކޮމެންޓް (0)
ލޯޑް ކުރަމުން...