ޗައިނާގެ ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ރޮބޮޓް އީރާއިން ، ދެފައިން ހިނގާ ގޮތަށް ދުނިޔޭގައި އުފެއްދި އެންމެ ހަލުވި ހިނގާ ރޮބޮޓް ދައްކާލައިފިއެވެ. މި ރޮބޮޓަށް ދީފައިވާ ނަމަކީ "ސްޓަރ ވަން" އެވެ. މި ރޮބޮޓަށް ގަޑިއަކު 8 މޭލު (12.98 ކިލޯމީޓަރު) ގެ ސްޕީޑެއްގައި ދުވެ، އެ ސްޕީޑު ދެމެހެއްޓުމުގެ ޤާބިލުކަން ލިބިފައިވެއެވެ.
ދުވާ ބޫޓަކަށް އަރައިގެން ހުރި ރޮބޮޓެއް ގޯބީ ސަހަރާގައި ދުވަމުންދާ ފޮޓޯތަކާއި ވީޑިއޯތައް ވޭތުވެދިޔަ މަހު ޗައިނާގެ މީސް މީޑިއާގައި ވަރަށް މަޤްބޫލުވެ، އާންމުންގެ ފަރާތުން ވަރަށް ގިނަ މަޖާ ކޮމެންޓްތައް އެކަމަށް ލިބިފައިވެއެވެ. ނަމަވެސް އެއީ ދުނިޔޭގެ އެންމެ ހަލުވި އިންސާނުންނާ އެއްފަދަ ރޮބޮޓެއްކަން މަދު ބަޔަކަށް މެނުވީ އެނގިފައެއް ނުވެއެވެ. ރޮބޮޓް އީރާއިން ތައްޔާރުކޮށްފައިވާ ސްޓާރ1 އަކީ ހައި-ޓޯކް މޯޓަރުތަކާއި އޭއައި އެލްގޮރިދަމްތަކުން ބާރުލިބިގެން ރޮބޮޓެކެވެ. މި ރޮބޮޓަށް ވެލި އަދި ވިނަގަނޑު ފަދަ އެކި ބާވަތުގެ ބިންތަކާއި މާޙައުލުތަކުގައި ދުވުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މީގެ އެޑްވާންސްޑް މޯޓަރުތަކުން ރޮބޮޓަށް ހަރަކާތްތެރިވުމަށް އެހީތެރިވެދެއެވެ. އަދި ހައި-ސްޕީޑް ސެންސަރުތަކާއި މުވާޞަލާތީ މޮޑިއުލްތަކުން ވަށައިގެންވާ މާޙައުލުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ޕްރޮސެސްކުރުމަށް މަގުފަހިކޮށްދެއެވެ. ނަމަވެސް މި ރޮބޮޓް ދެފައިން ހިނގާ އެހެން ރޮބޮޓްތަކަށްވުރެ ހަލުވިވުމަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އާދައިގެ އިންސާނުންގެ ފައިވާނެވެ.
ސްޓާރ1 ރޮބޮޓްގެ އިސްކޮޅުގައި ހުންނަނީ 5.6 ފޫޓެވެ. އަދި ބަރުދަނަކީ 143 ޕައުންޑެވެ. މި ރޮބޮޓަށް ސިކުންތަކު 3.6 މީޓަރުގެ ސްޕީޑެއްގައި ދުވެވޭތީ، މިއީ މިހާތަނަށް އުފެއްދި ދެފައިން ހިނގާ އެންމެ ހަލުވި ރޮބޮޓެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ ޗައިނާގެ ސައިންޓިސްޓުން މި ސްޕީޑު ހާސިލުކޮށްފައިވަނީ ރޮބޮޓު ދުވާ ބޫޓަށް އަރިވައިގެން ކަމެވެ. އަދި މިކަމުން ވަރަށް ބޮޑު ތަފާތެއް އައިސްފައިވެއެވެ. މީގެކުރިން ދުވާ ބޫޓަށް އަރުވާފައި ހުރި ރޮބޮޓް، "ހާވައްތަ" ރޮބޮޓަށްވުރެ މި ރޮބޮޓް މާ ބޮޑަށް ހަލުތްވެވެ. ފެށުމުގައި ލަސްވިނަމަވެސް، މި ރޮބޮޓަށް ގޯބީ ސަހަރާގެ އުނދަގޫ ބިމުގައި ރަނގަޅަށް ދުވެ، ކުރިއަށް ގޮސް ނިންމާލެވުނެވެ.
ސްޓާރ1 އަކީ މިހާރު ޓެސްލާގެ އޮޕްޓިމަސް އަދި ބޮސްޓަން ޑައިނަމިކްސްގެ އެޓްލަސް ފަދަ އެޑްވާންސްޑް ހިއުމަނޮއިޑް ރޮބޮޓްތަކަށްވުރެވެސް ހަލުވި ރޮބޮޓެކެވެ. އަދި މީގެ ކުރިން ސްޕީޑުގެ ރެކޯޑު (ސިކުންތަކު 3.3 މީޓަރު) ހިފަހައްޓާފައިވާ ޔުނިޓްރީ ރޮބޮޓިކްސްގެ އެޗް1 ރޮބޮޓަށްވުރެވެސް ހަލުތްވެވެ. ނަމަވެސް މި ތިން ރޮބޮޓުގެ އުފެއްދުންތެރިން އެޑްވާންސްޑް ސެންސަރުތަކާއި ކޮމްޕްލެކްސް މޯޝަން އެލްގޮރިދަމްތަކަށް އަހައްމިއްޔަތުކަން ދިންއިރު، ރޮބޮޓް އީރާއިން ދުވުމުގެ މެކޭނިކްސް އޮޕްޓިމައިޒްކޮށް، ދުވާ ބޫޓު ފަދަ މިހާރުވެސް ބޭނުންކުރާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ގްރިޕް ރަނގަޅުކޮށް، ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައިވެއެވެ.