Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މީހުން
މުޙައްމަދު ޢަލީ އަލް އައްބާރު: ބިނާރުގެ ދާއިރާގައި ދުނިޔޭގެ އެންމެ އުހުގައި
މުޙައްމަދު ޢަލީ އަލް އައްބާރު: ބިނާރުގެ ދާއިރާގައި ދުނިޔޭގެ އެންމެ އުހުގައި

މުޙައްމަދު ބިން ޢަލީ އަލް އައްބާރަކީ ގަދަ ހިތްވަރާއި، ތަޞައްވުރާއެކު ދުނިޔޭގެ ކާމިޔާބު މީހުންގެ ލިސްޓުގެ އެންމެ ކުރީގައިވާ ނަމެކެވެ. އެމާރު ޕްރޮޕަރޓީސްގެ ބާނީއާއި ޗެއަރމަންގެ ހައިސިއްޔަތުން، އޭނާވަނީ ދުބާއީގެ އިތުރުން، މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި ރިއަލް އެސްޓޭޓްގެ ދާއިރާ ނުވަތަ ބިނާރާއި ބިނާވެށި ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ އިސްވާރުކަމާއި އައު ގޮތްތަކަށް ވިސްނުމުގެ ސަބަބުން އެމާރު ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ރިއަލް އެސްޓޭޓް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަކަށް ހަދާފައެވެ. މީގެ ތެރޭގައި ބުރުޖު ޚަލީފާ، ދުބާއި މޯލް، އަދި ދުނިޔޭގެ އެހެން ބައްރުތަކަށްވެސް ފެތުރިފައިވާ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.

މުޙައްމަދު ބިން ޢަލީ އަލް އައްބާރަކީ 1956 ވަނަ އަހަރު ދުބާއީގެ އާދައިގެ އާއިލާއަކަށް އުފަންވި މީހެކެވެ. ކުޑައިރު އޭނާގެ ކިބައިގައި ވަރުގަދަ މަސައްކަތުގެ އަޚްލާޤަކާއި ފުރިހަމަ ކަމަށް އެދުމުގެ ރޫހެއް އަށަގެންނުވިއެވެ. އެމެރިކާގައި މާލީ ކަންކަމާއި ވިޔަފާރީގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމަށްފަހު، އޭނާ ޔޫ.އޭ.އީ އަށް އެނބުރި އައީ އޭނާގެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމުގައި ޙިއްޞާވުމުގެ ޢަޒުމުގައެވެ. މަސައްކަތުގެ ދާއިރާގެ ކުރީކޮޅު އޭނާ ސަރުކާރުގެ މަޤާމުތަކުގައި މަސައްކަތްކުރިއެވެ. މީގެ ތެރޭގައި ދުބާއީގެ އިޤްތިޞާދީ ތަރައްޤީގެ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ. މި މަޤާމުން އޭނާއަށް ދުބާއީގެ އުފެދެމުން އަންނަ އިޤްތިޞާދީ ޤާބިލިއްޔަތުގެ މައްޗަށް އަގުހުރި މަޢުލޫމާތު ލިބުނެވެ.

1997 ވަނަ އަހަރު، މުޙައްމަދު ބިން ޢަލީ އަލް އައްބާރު، އެމާރު ޕްރޮޕަރޓީސް އުފެއްދީ ދުނިޔޭގެ މަރުކަޒަކަށް ދުބާއީ ހެދުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ތަރައްޤީކުރުމުގެ ތަޞައްވުރާ އެކުގައެވެ. އޭނާގެ އިސްތިރާޖީ އަމާޒަކަށް ވެފައިވަނީ އޭނާގެ ޤައުމުގެ އަދި ބޭރުގެ ވުނޭރުންނަށް އަމާޒުކޮށްގެން މަތީ ފެންވަރުގެ ދިރިއުޅުމާއި، ވިޔަފާރިއާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގާ ތަންތަން ހެދުމަށެވެ. އެމާރުގެ ކުރިއެރުމުގައި އެންމެ މުހިންމު ވަގުތަކަށްވީ އެމިރޭޓްސް ހިލްސް ތަޢާރަފުކުރުމާ އެކުގައެވެ. މިއީ ދުބާއީގެ ޕްރޮޕަރޓީ މާރުކޭޓު އަލުން މާނަކުރި ފަޚުރުވެރި ދިރިއުޅުމުގެ މުޖުތަމަޢެކެވެ.

ނަމަވެސް، ދުނިޔޭގެ އެންމެ އުސް ޢިމާރާތް ކަމުގައިވާ ބުރުޖު ޚަލީފާއިން މުޙައްމަދު ބިން ޢަލީ އަލް އައްބާރުގެ ނަން ރިއަލް އެސްޓޭޓް ދާއިރާގެ އައު ގޮތްތައް ހޯދާ މީހެއްގެ ގޮތުގައި ސާބިތުކޮށްދިނެވެ. 2010 ވަނަ އަހަރު ނިމުނު މި ޢިމާރާތަކީ އައު ގޮތްތަކާއި ހިތްވަރު ރަމްޒުކޮށްދިން، ދުނިޔޭގެ ނިޝާނަކަށް ވެގެން ދިޔައެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރި މަރުކަޒުތަކުގެ ތެރެއިން ތެރެއިން އެއް މަރުކަޒު ކަމުގައިވާ ދުބާއި މޯލުން މި ދާއިރާގައި އެމާރުގެ ޤާއިމްވުން އިތުރަށް ވަރުގަދަ ކޮށްދިނެވެ.

އެމާރުގެ މައި އޮފީސް ހުރީ ދުބާއީގައި ނަމަވެސް، މުޙައްމަދު ބިން ޢަލީ އަލް އައްބާރުގެ ތަޞްއްވުރު ފެތުރިފައިވަނީ ހަމައެކަނި ޔޫ.އޭ.އީ އަކަށް ނޫނެވެ. އެއަށްވުރެެ މާ ދުރަށް އޭނާގެ ވިސްނުން ވަނީ ވަނީ ފުޅާކޮށްފައެވެ. އޭނާގެ އިސްވާރުކަމުގެ ދަށުން، އެ ކުންފުނިން މިޞްރު، ސަޢޫދީ ޢަރަބިއްޔާ، އިންޑިއާ އަދި ތުރުކީ ފަދަ މާރުކޭޓުތަކަށް ފުޅާވެ، ދިރިއުޅުމާއި ބޮޑެތި ވިޔަފާރީގެ މަޝްރޫޢުތައް ތަރައްޤީކުރިއެވެ. ފައިދާ ހުރި ފުރުޞަތުތައް ދެނެގަނެ އެކި މާރުކޭޓުތަކަށް ފެތޭގޮތަށް މަސައްކަތްކުރުމުގެ ޤާބިލުކަމުގެ ސަބަބުން އެމާރު ވަނީ ޙަޤީޤަތުގައިވެސް ބައިނަލްއަޤްވާމީ މަރުކާއަކަށް ވެފައެވެ.

ބިނާރުގެ އިތުރުން، މުޙައްމަދު ބިން ޢަލީ އަލް އައްބާރު ވަނީ އީ-ކޮމާސް، ހޮސްޕިޓަލިޓީ އަދި ރީޓެއިލް ދާއިރާތަކަށް އޭނާގެ ޝައުޤުވެރިކަން ފުޅާކޮށްފައެވެ. މެދުއިރުމަތީގައި އެމެޒޯން ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށް އަމާޒުކޮށްގެން ނޫން.ކޮމް އީ-ކޮމާސް ޕްލެޓްފޯމް ތަޢާރަފުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާގެ ވިޔަފާރީގެ ހުނަރުވެރިކަމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ދާއިރާތަކަށް ފެތުރިފައިވާ ބިލިއަން ޑޮލަރުގެ އެމްޕަޔަރެއް ބިނާކުރެވިފައެވެ.

މުޙައްމަދު ބިން ޢަލީ އަލް އައްބާރުގެ ނުފޫޒު ވިޔަފާރިއަށްވުރެ ފުޅާވެގެންވެއެވެ. އޭނާވަނީ ދުބާއީގެ އުސްއިމާރާތްތަކާއި އިޤްތިޞާދު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ފުރިހަމަކަމާއި، އައު ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތްތަކަށް އޭނާ ދޭ އަހައްމިއްޔަތުކަމުގެ ސަބަބުން ބިނާވެށި ތަރައްޤީކުރުމުގައި އައު މިންގަނޑުތަކެއް ކަނޑައެޅިގެން ގޮސްފައިވެއެވެ. އޭނާގެ ކާމިޔާބީގެ ވާހަކައަކީ މުޅި ދުނިޔޭގެ ވިޔަފާރިވެރިންނަށް އިލްހާމެކެވެ. މިއިން ސާބިތުވަނީ ތަޞަވުރާއި، ޢަޒުމާއި، އިސްތިރާޖީ ވިސްނުމާއެކު ކޮންމެ ކަމެއްވެސް ކުރެވިދާނެކަމެވެ.

މިއަދު، މުޙައްމަދު ބިން ޢަލީ އަލް އައްބާރު ދަނީ އަދިވެސް އައު ސަރަޙައްދުތަކަށް ވާޞިލްވެ، ބިނާވެށީގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އަބަދުވެސް އައު ފުރުޞަތުތައް ހޯދަމުންނެވެ. އާދައިގެ ފެށުމަކުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑު ބިނާރާއި ބިނާވެށީގެ ކުންފުނި ހިންގުމާ ހަމައަށް އައި އޭނާގެ ދަތުރަކީ އޭނާގެ ވިޝަނަރީ އިސްވާރުކަމާއި ފުރިހަމަކަމަށް އަބަދުވެސް މަސައްކަތްކުރާކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި