އުޒްބެކިސްތާނަކީ ތާރީޚާއި ސަގާފަތުގެ ގޮތުން މުއްސަނދި ޤައުމެކެވެ. މި ޤައުމުގައި ފަޚުރުވެރި މާޒީގެ ހެކިތަކެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވަރަށްގިނަ ތަންތަން ހުރެއެވެ. އިހުގެ ފަންނުވެރި މަސައްކަތްތައް ފެންނަފަދަ ޢިމާރާތްތަކާއި އެއާގުޅޭ އަސަރުތައް އެގައުމުގެ ވަރަށް ގިނައެވެ. މީގެ ތެރެއިން، ޗޯސޫ ބަޒާރާއި އިހުގެ ތަޝްކެންޓަކީ އެ ޤައުމުގެ ޤަދީމީ އާދަކާދަތަކާއި، ޢިމާރާތް ކުރުމުގެ ފަންނުގެ ރީތިކަމާއި، ކުރިއަރާފައިވާ ވިޔަފާރީގެ ސަގާފަތް ދައްކުވައިދޭ އެންމެ މުހިންމު ދެ ތަނެވެ. މި ތަންތަނުން އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކެންޓުގެ ދިރިއުޅުމާއި ތަރިކަ ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދެއެވެ. މިއީ ޒަމާންތަކެއް ވަންދެން ވިޔަފާރިއާއި މަދަނިއްޔަތުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އޮތް ތަނެކެވެ.
ޗޯސޫ ބަޒާރަކީ މެދުތެރޭ އޭޝިއާގެ އެންމެ ޒަމާންވީ އަދި އެންމެ މަޝްހޫރު މާރުކޭޓުތަކުގެ ތެރެއިން އެއް މާރުކޭޓެވެ. ތަޝްކެންޓުގެ މެދުތެރޭގައި ހުންނަ މި މާރުކޭޓަކީ މަޝްހޫރު ސިލްކް ރޫޓުގެ ޒަމާނުއްސުރެ، ނުވަތަ މީގެ ހާހެއްހާ އަހަރަށްވުރެ ކުރީގެ، ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި އޮތް ތަނެކެވެ. "ޗޯސޫ" މި ނަމުގެ މާނައަކީ ފާރިސީ ބަހުން "ހަތަރު ދިމާ" އެވެ. މިއީ ތަފާތު ސަރަޙައްދުތަކުން އަންނަ ވިޔަފާރިވެރިން ބައްދަލުވާ ތަނެއްގެ ގޮތުގައި އެތަނުގެ ތާރީޚީ ދައުރު ދޭހަކޮށްދޭ ނަމެކެވެ.
ޗޯސޫ ބަޒާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެތަނުގައިވާ ވާ ނޫކުލައިގެ ބޮޑު ގުއްބު ލާފައިވާ ޢިމާރާތެވެ. މި ތަނުގެ ދަށުގައި ވަނީ ތަފާތު ބާވަތްތަކުގެ މުދާ ވިއްކާ ވިޔަފާރިވެރިން ފުރިފައިވާ ބޮޑު ސަރަޙައްދެކެވެ. ބަޒާރުގެ އެތެރެއިން ފެންނާނީ އުޒްބެކިސްތާނުގެ ދަނޑުވެރިކަމުގެ މުއްސަނދިކަން ދައްކުވައިދޭ ތާޒާ މޭވާއާއި، ތަރުކާރީއާއި، ތަފާތު ބާވަތްތަކުގެ ބަދަނާއި، ހަވާދު ހެދުމަށް ބޭނުންކުރާ ތަކެއްޗާއި، ހިއްކި މޭވާއާއި، ކިރުން އުފައްދާ ބާވަތްތަކެވެ. އަދި މީގެ އިތުރުން "ނޮން" ގެ ނަމުން ނަން ދެވިފައިވާ އުޒްބެކް ރޮށި އަދި ލޮނުރަހައާއި ކުޅިރަހަ އެކުލެވޭ ޕޭސްޓްރީއެއް ކަމަށްވާ "ސޮމްސާ" އާއި ހަނޑުލުން ތައްޔާރު ކޮށްފައި ހުންނަ ރަހަގަދަ އެއްޗެއް ކަމަށްވާ "ޕްލޮވް" ފަދަ ކާނާގެ ބާވަތްތައް ވިއްކާ ފިހާރަތައް ވެސް އެތަނުގެ ހުރެއެވެ.
ކާބޯތަކެތީގެ އިތުރުން، މި މާރުކޭޓު މަޝްހޫރުވެފައިވަނީ އެތަން ހެދުމުގައި ބޭނުންކޮށްފައިވާ އަތްތެރި މަސައްކަތްތަކަށެވެ. މީގެ ތެރޭގައި ވަރަށް ފަރުވާތެރިކަމާއެކު ފަންނުވެރިން މަށިން ހަދާފައިވާ ތަކެއްޗާއި، ކުލަގަދަ ފޮތީގެ ފޭރާންތަކާއި، އަތުން ވިޔެފައިވާ ގޮދަޑިއާއި ބޮޑެތި ފޮތިގަނޑުގަނޑު ފަދަ އެއްޗެހި ހިމެނެއެވެ. އަދި މީގެ އިތުރުން ވިޔަފާރި ކުރާ މީހުންނަށް އެ ޤައުމުގެ ސަގާފީ ތަރިކައިގެ މުހިންމު ބައެއް ކަމުގައިވާ، ފަރުމާކޮށް ފަންވަރު ޖަހާފައިވާ ކޯނު ނުވަތަ އުޒްބެކް "ޗަޕާން" އާއި ތާކިހާ ވެސް ލިބެން ހުރެއެވެ. ބަޒާރުގެ މާޙައުލަކީ މުދަލުގެ އަގު ކުޑަކުރުމަށް ކަމޭދުން ވިޔަފާރިވެރިންނާ ދައްކާ ވާހަކަތަކުގެ އަޑުތަކާއި، ތަފާތު ލުއި ކާނާގެ ވަސްވަހާއި، އަދި ވިޔަފާރިވެރިން ފޯރިއާއެކު އެމީހުންގެ މުދާ ހުށަހަޅާ މަންޒަރުތަކުން ފުރިގެންވާ ދިރުންހުރި މާޙައުލެކެވެ.
ތަޝްކެންޓަކީ ވަރަށް ބޮޑަށް ޒަމާނީވެ ތަރައްޤީ ވެފައިވާ ތަނެއް ނަމަވެސް، އިހުގެ ތަޝްކެންޓަކީ އެ ސިޓީގެ ތާރީޚީ އަދި ސަގާފީ އަސްލު ދައްކުވައިދޭ، ރައްކާތެރިކޮށް ބަލަހައްޓާފައިވާ ސަރަޙައްދެކެވެ. މި ސިޓީގެ މި ބައިގައި ހުރީ ޒަމާންވީ ޢިމާރާތް ކުރުމުގެ ފަންނީ އަޖައިބުތަކާއި، އެއްމަގު އަނެއް މަގާ ގުޅި ލާމެހިފައިވާ މަގުތަކާއި، އަދި މާޒީގެ މީހުންގެ ކެރުންތެރިކަމާއި ފުދުންތެރިކަމުގެ ވާހަކަ ކިޔައިދޭ ހަނދާނީ ބިނާތަކެވެ.
އިހުގެ ތަޝްކެންޓުގެ އެންމެ މުހިންމު އެއް ތަނަކީ ޚާސްތް އިމާމް ކޮމްޕްލެކްސްއެވެ. މިތަނުގައި ވަނީ ދުނިޔޭގައި މަޝްހޫރު އުޘްމާނީ ޤުރުއާނެވެ. މިއީ އިސްލާމްދީނުގެ މުޤައްދަސް ފޮތް ކަމަށްވާ ކީރިތި ޤުރުއާނުގެ އެންމެ ޒަމާންވީ ކޮޕީތަކުގެ ތެރެއިން އެއް ކޮޕީއެވެ. މި ސަރަޙައްދުގައި ރީތި މިސްކިތްތަކާއި، އިސްލާމީ މަދްރަސާތަކާއި މަޤްބަރާތައް ވެއެވެ.
އަނެއް މުހިންމު ތަނަކީ ކުކެލްދާޝް މަދްރަސާއެވެ. މިއީ 16 ވަނަ ޤަރުނުގައި އިމާރާތްކޮށްފައިވާ، އެއްޒަމާނެއްގައި އިސްލާމީ ތަޢުލީމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މި އިމާރާތަކީ ޢިމާރާތް ކުރުމުގެ ފަންނުގެ ލާމަސީލު ތަނެކެވެ.
ބައު ތަޝްކެންޓަށް ނަޒަރު ހިންގައިލާއިރު އެ ސިޓީއަށް ސޯވިއެޓް ޔޫނިއަނުގެ ނުފޫޒު ފޯރާފައިވާ މިންވަރު ވެސް ފެންނަން ހުރެއެވެ. ގަދީމީ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ސޯވިއެޓް ޒަމާނުގެ އިމާރާތްތައް ހުރެއެވެ. މި އިމާރާތްތައް ހުރީ ޒަމާންވީ އުޒްބެކް ފަދަ ގެތަކާ އެކުއެކީގައި ރީތިކޮށް ގުޅިލާމެހިފައެވެ. ސިންދަފާތު ވެފައިވާ މި ބިނާރުން ހާމަވަނީ އިހުގެ އާޘާރުތައް ޙިމާޔަތް ކުރުމާއެކު ޒަމާނީ ބަދަލުތަކާއެކު ކުރިއަށް ދިއުމުގެ ޤާބިލުކަން އެޤައުމުގެ ރައްޔިތުންގެ ކިބައިގައި ހުރި މިންވަރެވެ.
ޗޯސޫ ބަޒާރާއި އިހުގެ ތަޝްކެންޓަކީ އުޒްބެކިސްތާނުގެ އަގުހުރި ސަގާފީ އަދި ތާރީޚީ މުއްސަނދިކަމެވެ. ޗޯސޫ ބަޒާރަކީ، ތަޝްކެންޓަކީ ތާރީޚީ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި އޮތް ތަނެއްކަން ދައްކުވައިދޭ ދިރުންހުރި ހެއްކެކެވެ. އަދި އިހުގެ ތަޝްކެންޓުން އެ ސިޓީގެ މާޒީގެ އަސްލު ރައްކާތެރިކޮށް ބަލަހައްޓަނީ އެތަނުގައިވާ ހަނދާނީ ބިނާތަކާއި ޒަމާންވީ އާދަކާދަތަކުގެ ތެރެއިންނެވެ. މި ދެ ތަނުން އެކުގައި ލިބެނީ އެ ޒަމާނަށް އެނބުރި ގޮސް، އުޒްބެކިސްތާނުގެ މުއްސަނދި ތަރިކައިގެ ތެރެއަށް ވަދެލެވޭ ފަދަ ތަފާތު ތަޖުރިބާއެކެވެ.