ހެރީ ކޭން އަކީ ފުޓްބޯޅައިގައި، ގޯލު ޖެހުމުގެ އެއްވެސް މީހަކާ އަޅާނުކިޔޭވަރުގެ ޤާބިލުކަމެއް ހުރި މީހެކެވެ. އޭނާއަކީ މޮޅު ސްޓްރައިކަރެއް ނަމަވެސް އޭނާ އަތަކު އެހެން ކުޅުންތެރިންފަދައިން ޓްރޮފީތަކެއް ނެތެވެ. ނަމަވެސް އެކަން ބަދަލުވެގެން ދިޔައީ 4 މެއި 2025 ގައި، ކޭން އޭނާގެ ޓީމު ޓްރޮފީ ނެގި ހިސާބުންނެވެ. އެއީ ބަޔަރން މިއުނިކް ބުންޑެސްލީގާގެ މަޤާމަށް މަގުދެއްކި ވަގުތެވެ. ކޭން އާއި އޭނާގެ ފޭނުންނަށް، މިއީ ހަމައެކަނި ކާމިޔާބީއެއް ނޫނެވެ. މިއީ އެތައް އަހަރެއް ވަންދެން އޭނާއާއި އޭނާގެ ޓީމުން ދެއްކި ވަފާތެރިކަމާއި، ކެތްތެރިކަމާއި، އަދި ދުނިޔޭގެ ފެންވަރުގެ ޕަރފޯމަންސްތަކަށް ލިބުނު އިނާމެކެވެ.
ޓޮޓެންހަމް ހޮޓްސްޕަރގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު، ކޭން ވެގެން ގޮސްފައިވަނީ ކްލަބުގެ މުހިންމު ތަރިއަކަށެވެ. އޭނާ ވަނީ ގޯލު ޖެހުމުގެ ރެކޯޑުތައް މުގުރާލައި، ދުނިޔޭގެ ވަރަށްގި ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައެވެ. ނަމަވެސް، އޭނާގެ މި މަޝްހޫރުކަމާއެކުވެސް އޭނާއަށް މާގިނަ ތަށިތަކެއް ނުލިބެއެވެ. ތަކުރާރުކޮށް، ކޭން ސްޕަރސް މުބާރާތްތަކުގެ މުހިންމު ހިސާބަށް ގެންގޮސްދިން ނަމަވެސް، އެންމެ ފަހު ހިސާބުގައި ފެއިލްވަނީއެވެ. އަބަދުވެސް އޮތީ އެއް ސުވާލެކެވެ. ހެރީ ކޭން އަށް އެއްވެސް ދުވަހަކު މޭޖަރ ޓީމު ޓްރޮފީއެއް ލިބޭނެ ބާވައެވެ؟
އޯގަސްޓް 2023 ގައި، ކޭން ހިތްވަރުގަދަ ނިންމުމެއް ނިންމިއެވެ. އެއީ ސްޕަރސް ދޫކޮށް، ކާމިޔާބުކަމުގެ ތާރީޚެއް އޮތް ކްލަބެއް ކަމުގައިވާ ބަޔަރން މިއުނިކްއާ ގުޅުމެވެ. މިއީ އޭނާއަށް ފަސޭހަ ނިންމުމެއް ނޫނެވެ. މީހުން ސުވާލު އުފެއްދީ ވަގުތުގެ މައްޗަށެވެ. އެމީހުން ބުނީ 30 އަހަރުގެ ކޭން އަށް އާ ލީގެއްގައި ކުޅެން ދަތިވެދާނެ ކަމަށެވެ. އެހެންނަމަވެސް، ކޭންގެ އާދައިގެ މަތިން، އެމީހުންނަށް އޭނާ ރައްދުދިނީ އޭނާގެ ފުޓްބޯޅައިންނެވެ.
ބަޔަރންގައި އޭނާގެ އަސަރު ވަގުތުން ފެނި، ތާރީޚު ލިޔެވުނެވެ. ބުންޑެސްލީގާގެ އެންމެ 43 މެޗުގައި، ކޭން ވަނީ 50 ގޯލު ޖަހައި ރެކޯޑު މުގުރާލާފައެވެ. އާލިންގ ހާލަންޑްގެ ކުރީގެ އެންމެ މޮޅު ރެކޯޑު ކަމުގައިވާ 50 މެޗުން 50 ގޯލު ޖެހުން ފަހަނައަޅައި ގޮސްފައެވެ. އޭނާ 2023-24 ސީޒަން ނިންމީ 36 ގޯލާ އެކުގައެވެ. މިއީ ބުންޑެސްލީގާގެ ތާރީޚުގައި ކުޅުންތެރިއަކު ޖަހާފައިވާ އެންމެ ގިނަ ގޯލެވެ. އޭނާގެ ނަން ފެންނަމުން ދިޔައީ ހަމައެކަނި ސްކޯ ޝީޓްތަކުގައެއް ނޫނެވެ. ބަޔަރން ފޭންސްގެ ހިތްތަކުގައާއި ފުޓްބޯޅަ ހެޑްލައިންތަކުގައިވެސް މެއެވެ.
އެންމެ މުހިންމު ވަގުތު އައީ ބަޔަރން 2024-25 ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދި ހިނދުއެވެ. އެއީ އާރްބީ ލައިޕްޒިގްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ބަޔަރ ލެވަރކޫސެންގެ ނަތީޖާ ރަނގަޅުވުމުންނެވެ. އަދިވެސް ދެ މެޗު ކުޅެން އޮއްވާ، ކޭން ވަނީ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަނަކަށް ވެފައެވެ. ގިނަ ފަހަރަށް އޭނާގެ ކެރިއަރ މާނަކުރެވިފައިވަނީ އޭނާގެ، ކާމިޔާބުނުވި ކަންކަމުގެ މައްޗަށް ކަމަށްވާއިރު، މިއީ އަމިއްލަ ނަފްސަށް ހައްގުވެރިކަން ސާބިތުކޮށްދިން ވަގުތެކެވެ.
އެހެންނަމަވެސް ކޭންގެ މުހިންމުކަން ހަމައެކަނި ނަންބަރުތަކަކަށްވުރެ މާ ބޮޑެވެ. އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން، އޭނާ ވަނީ ފަހަކަށް އައިސް ދެމެހެއްޓެނިވިކަމާއި އިސްވާރުކަމުގެ މިސާލަކަށް ވެފައެވެ. މިހާރު، އެންމެ މަތީ ފެންވަރުގައި ކާމިޔާބުވުމުގެ ތަޖުރިބާއާ އެކު، އޭނާ ކުރިއަށް އޮތް ޔޫރޯ އަދި ވޯލްޑް ކަޕް މުބާރާތްތަކަށް އިނގިރޭސި ޓީމަށް އާ ފެންވަރެއްގެ އިތުބާރެއް ގެނެސްދެއެވެ. އޭނާގެ ފުރަތަމަ ޓީމު ޓްރޮފީ އަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޭނާގެ ނުފޫޒު އިތުރުވުމެކެވެ.
ހެރީ ކޭންގެ ދަތުރުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކާމިޔާބީ އަކީ ކޮންމެ ފަހަގަކު މާ އަވަހަށް ލިބޭ އެއްޗެއް ނޫންކަމެވެ. އެހެންނަމަވެސް ކެތްތެރިކަމާއި ދެމިހުރުމާއެކު، އެންމެ ދިގު އިންތިޒާރުތަކުގެ ނިމުންވެސް ވަރަށް ފޮނިވެދާނެކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...