އާދަޔާޚިލާފު އަމިއްލައަށް އަތުގައި އެޅި ބިޑި ނުނެއްޓިގެން ފުލުހުންގެ އެހީއަށްއެދެފި
އާދަޔާޚިލާފު

އަމިއްލައަށް އަތުގައި އެޅި ބިޑި ނުނެއްޓިގެން ފުލުހުންގެ އެހީއަށްއެދެފި

އަމިއްލައަށް އަތުގައި އެޅި ބިޑި ނުނެއްޓިގެން ފުލުހުންގެ އެހީއަށްއެދެފި
އަމިއްލައަށް އަތުގައި ބިޑި އެޅުވީ ޢުމުރުން 19 އަހަރުގެ ޒުވާނެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަގުމަތިން ފެނުނު ބިޑިއެއްގެ އަޖުމަބަލަން އަމިއްލަ އަތުގައި އެ ބިޑި އެޅި ޢުމުރުން 19 އަހަރުގެ ޒުވާނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. ގާނާގެ ކެންޔާސީގެ އެސްޓޭޓް ޖަންކްޝަނުން ފެނުނު މި ބިޑި އަޝާންތީ ރީޖަންއަށް ނިސްބަތްވާ މި ޒުވާނާ އަތުގައި އެޅުމަށްފަހު، އެ ނުނެއްޓިގެން އެހީތެރިކަން ހޯދަން އޭނާ ދިޔައީ ފުލުހުންގެ ގާތަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރުއެވެ. އޭނާ ކުވާބްރޭ އީސްޓްގެ ބޮސޯރޭ ސަރަހައްދުގައި ޑިއުޓީގައި ހުރި ގާނާ ޕޮލިސް ސަރވިސްގެ އޮފިސަރެއްގެ ގާތަށް ދިޔައިރު، އޭނާގެ ވާތުގައި އޮތީ ބިޑި ރަނގަޅަށް އެޅުވި ބާރުވެފައެވެ.

އަމިއްލައަށް އެ ނައްޓަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އޭނާ ފުލުސް އޮފިސަރުގެ ކިބައިން އާދޭހާއެކު އެދެމުންދިޔައީ އެ ބިޑި ނައްޓައިދިނުމަށެވެ. އެ ބިޑި ލިބުނު ގޮތާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، އެއީ ކެންޔާސީ ކައިރީގައި އޮންނަ އެސްޓޭޓް ޖަންކްޝަން ސަރަހައްދުން ބިންމަތިން ފެނުނު އެއްޗެއް ކަމަށެވެ.

ޒުވާނާ ކިޔައިދިން ގޮތުގައި، އެ ފެނުމުން އޭގެ އަޖުމަބަލާލުމުގެ ގޮތުން ވާތުގައި އަޅުވާލީއެވެ. ނަމަވެސް އެ އެޅުވުމާއެކު ބިޑި ތަޅުލެވި، އަލުން ނުހުޅުވުނީއެވެ. އޭނާ ފުލުހުންގެ ގާތަށް ދިޔައީ އެބިޑީގެ ތަޅުދަނޑި އޮންނާނެ ކަމަށް އުންމީދުކޮށް، އަވަހަށް ސަލާމަތްވުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، ފުލުހުން ނިންމީ އޭނާ ބަންދުކުރުމަށެވެ.

ފުލުހުން މިހާރު ދަނީ އޭނާ ދެއްކި ވާހަކައިގެ ތެދުދޮގު ބަލަމުންނެވެ. އަދި އެ ބިޑިއަކީ ކާކުގެ އެއްޗެއްތޯއާއި، އެ އެއްޗެއް މަގުމައަޗަށް ދޫކޮށްލެވިފައި އޮތީ ކިހިނެއްތޯ ބެލުމުގެ ތަޙުޤީޤުވެސް ދަނީ ކުރިއަށެވެ.

މިއީ ގާނާ އާއި އެހެނިހެން ޤައުމުތަކުގައި ހިނގާ މަޖާ އަދި އާދަޔާ ޚިލާފު ހާދިސާތައް ގެނެސްދޭ "އޮޑް ބަޓް ޓްރޫ" ސިލްސިލާގައި ހިމެނުނު އެންމެ ފަހުގެ ހާދިސާއެވެ.

ޓެގް

ބިޑި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.